Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މާފުއްޓާއި ކުޑަހުވަދޫން ވެސް އޮމިކްރޮން ވޭރިއަންޓް ފެނިއްޖެ

މާފުއްޓާއި ކުޑަހުވަދޫން ވެސް އޮމިކްރޮން ވޭރިއަންޓް ފެނިއްޖެ

މާފުއްޓާއި، ކުޑަހުވަދޫން ކޮވިޑް-19 އޮމިކްރޮން ވޭރިއަންޓް ފެނިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.ޝާހް މާހިރު ވިދާޅުވީ މާފުއްޓާއި ކުޑަހުވަދޫގެ މުޖުތަމައުގެ ތެރެއިން އޮމިކުރޮން ވޭރިއަންޓްގެ ވޭދަނަތައް ފެނިފައިވާ ކަމަށެވެ.

މީގެ އިތުރުން މާލެ ތެރެއިން ވެސް މިހާރު އޮމިކްރޮންގެ ވޭދަނަތައް ފެންނަން ފަށައިފައިވާ ކަމަށް ވެސް ޝާހު މާހިރު ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

“މާލެ ތެރޭގައި ވެސް މިހާރު އޮމިކްރީންގެ ކޭސްތައް ފެންނަމުން ދަނީ. މާލޭގެ އިތުރުން މާފުއްޓާއި ކުޑަހުވަދޫން ވެސް މި ވޭރިއެންޓް ފެނިފައި ވަނީ. މިހާރު ކޭސްތައް މި އަންނަނީ ދުވާލަކު 400އަށް ވުރެ މަތިވެގެން“ ޝާހު ވިދާޅުވިއެވެެ.

މީގެ އިތުރުން އެޗްޕީއޭގެ ޗީފް އެޕިޑޮމިލޮޖިސްޓް ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިހާރު މާލެއިން ފެންނަމުން ދަނީ ޑެލްޓާ ވޭރިއަންޓުގެ ވޭދަނަތައް ކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޮވިޑްގެ ބޮޑު ރާޅެއް އަންނާނެ ކަމަށް ބެލެވޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް