8 ދިވެއްސަކަށް އޮމިކްރޮން ވޭރިއެންޓް ޖެހިއްޖެ
ކޮވިޑް-19ގެ އައު ވޭރިއަންޓް ކަމަށްވާ އޮމިކްރޯންއަށް 8 ދިވެހިން ފައްސި ވެއްޖެކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ފާއިމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.
ޑރ. ނަޒްލާ މިހެން ވިދާޅުވެފައި ވަނީ މިއަދު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ޑރ. ނަޒްލާ ވިދާޅުވެފައި ވަނީ މިހަފްތާގައި 7 ދިވެއްސެއް އޮމިކްރޯން ޥޭރިއަންޓައް ފައްސިވެފައިވާއިރު ފާއިތުވެދިޔަ ހަފްތާގައި ވެސް ދިވެއްސަކު އޮމިކްރޯން ވޭރިއަންޓަށް ފައްސިވެފައިވާ ކަމަށެވެ. އޮމިކްރޮން ވޭރިއަންޓަށް ރާއްޖެއިން ފައްސިވެފައިވާ މީހުންގެ ތެރޭގައި ހައި ރިސްކް މީހުން ތިބިއިރު އެއްވެސް މީހެއްގެ ހާލު އަދި އެހައި ސީރިއަސް ނުވާކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ރާއްޖޭގައި މިހައިތަނަށް ކޮވިޑް-19ގެ އައު ވޭރިއަންޓް ކަމަށްވާ އޮމިކްރޯން ފެނިފައި ވަނީ ތިން ރަށަކުންނެވެ. އެއީ ކުޑަހުވަދޫއިން 1 ވޭދަނައާއި، މާފުށިން 3 ވޭދަނަ އަދި ވެރިރަށް މާލެއިން 4 ވޭދަނައެވެ.
މި ވޭރިއަންޓް ޑެލްޓާ ވޭރިއަންޓަށް ވުރެ ހަލުވިކޮށް ފެތުރެމުންދާނެކަމަށް ބެލެވޭކަމަށާއި މި ވޭރިއެންޓް ރާއްޖޭގެ އެކި ސަރަހައްދުން ފެންނާނެ ކަމަށް ވެސް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.
ޔޭ.. ސަޅި
ކޮން އެއްޗެއް ސަޅި ވެގެން ތި އުޅެނީ؟