Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކޮވިޑް-19: މާލެއިން ވެސް ރިކޯޑު އަދަދެއް، މިއަދު ޖުމްލަ 967 މީހުން

ކޮވިޑް-19: މާލެއިން ވެސް ރިކޯޑު އަދަދެއް، މިއަދު ޖުމްލަ 967 މީހުން

ރާއްޖެއިން މިއަދު އިތުރު 967 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 475 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 290 މީހުން ފައްސިވެފައިވެއެވެ.

ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު ފައްސި 87 މީހަކު މި ބައްޔަށް ފައްސި ވެފައިވެއެވެ. އަދި ކަނޑުއުޅަނދުފަހަރުން 2 މީހުން މި ބައްޔަށް މިއަދު ފައްސި ވެފައިވެއެވެ.

Advertisement
HDC — Sidebar (box)

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 101،418 މީހުންނެވެ.

މިހައިތަނަށް މި ބަލިން ފަސޭހަވެފައި ވަނީ ޖުމްލަ 95،259 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 22 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހައިތަނަށް 265 މީހުން ނިޔާވެފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް