Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

ޔާމީންގެ މަންމަ އެދެނީ މަރުގެ ދިޔައަށް، ބައްޕަ އެދުނީ ގިސާސް ހިފަން

ޔާމީންގެ މަންމަ އެދެނީ މަރުގެ ދިޔައަށް، ބައްޕަ އެދުނީ ގިސާސް ހިފަން

ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ޝާމިލުވާ މީހުންގެ ކިބައިން މަރަށް މަރު ހިފުމަށް ބޭނުން ނުވާ ކަމަށާއި ބޭނުން ވަނީ މަރުގެ ދިޔަ ކަމަށް އޭނާގެ މަންމަ މަރިޔަމް ޝަފީގާ ބުނެފިއެވެ.

ރަހުމްކުޑަ ގޮތަކަށް ތޫނު އެއްޗަކުން ހަމަލަދީ ބްލޮގަރ ޔާމީން ރަޝީދު މަރައިލިތާ މިހާރު ހަތަރު އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. ޔާމީން ރަޝީދު ދިރިއުޅޭ ގޭގެ ސިޑި ގޮޅީގައި އޭނާގެ ގައިގެ 30 ތަނަކަށް ވަޅި ހަރައި މަރައިލައިފައި ވަނީ 2017ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

މި މައްސަލައިގައި ދައުލަތުން ދަޢުވާ އުފުލައިފައި ވަނީ، ހ.އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ.އިރަސްމިކުގޭ އަޙްމަދު ޒިހާން އިސްމާއިލާއި، ގދ.ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި، މ.ކުދެހިގޭ ހަސަން ޝިފާޒާއި، މ.ތާއިފް އިސްމާއިލް ރަޝީދާއި މ.ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. މި 6 މީހުންގެ މައްޗަށް އުފުލައިފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ.

Advertisement
Allied Insurance — Square (box)

ކްރިމިނަލް ކޯޓުގައި މިރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މަރިޔަމް ޝަފީގާ ބުނީ މަރުގެ ދިޔަ ބޭނުން ވަނީ އޭނަގެ ނަމުގައި ކޮންމެވެސް ކަމެއް ކުރުމަށްޓަކައި ކަމަށެވެ. އެހެން ނަމަވެސް ބައްޕަ ހުސައިން ރަޝީދު ބޭނުން ވަނީ މަރަށް މަރު ހިފަން ކަމަށް ކްރިމިނަލް ކޯޓުގައި އޭނާ މިއަދު ވަނީ ބުނެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް