ޚަބަރު

ހައި ކޯޓުން އެންމެ ގިނަ މައްސަލަ ނިންމީ 2021ގައި

މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން
ދިވެހިރާއްޖޭގެ ހައިކޯޓު

ހައިކޯޓުން މިހައިތަނަށް އެންމެ ގިނަ މައްސަލަތައް ނިންމައިފައި ވަނީ 2021ގައި ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

Ads by MWSC

ހައިކޯޓުން ރޭ އާއްމުކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސްހިސާބުގައިވާ ގޮތުން، މިދިޔަ އަހަރު އެ ކޯޓަށް 835 މައްސަލަ ހުށަހަޅައިފައިވާ އިރު އޭގެ ތެރެއިން ރަޖިސްޓްރީ ކޮށްފައި ވަނީ 625 މައްސަލައެވެ.

ހައިކޯޓުން ވަނީ ކުރީ އަހަރުތަކުގެ މައްސަލަތަކާއެކު މިދިޔަ އަހަރު 672 މައްސަލައެއް ނިންމައިފައެވެ. އެހެންވެ، މިދިޔަ އަހަރުގެ މައްސަލަތަކުގެ ތެރެއިން ބާކީ ހުރީ 329 މައްސަލައެވެ.

މީގެ ކުރީގެ އަހަރުތަކަށް ބަލާއިރު ހައި ކޯޓުން 2020 ވަނަ އަހަރު 443 މައްސަލައާއި 2019ވަނަ އަހަރު 478 މައްސަލައާއި އަދި 2018ވަނަ އަހަރު 311 މައްސަލަ ނިންމައިފައިވެއެވެ.

މިދިޔަ އަހަރު އެ ކޯޓުން އެންމެ ގިނަ މައްސަލަ ނިންމީ މާޗު މަހުގައި ކަމަށްވާއިރު އެ މަހު 100 މައްސަލައާއި، ޖޫން މަހު 82 މައްސަލައާއި އަދި ނޮވެމްބަރުމަހުގެ ތެރޭގައި 78 މައްސަލަ ނިންމިއެވެ.

ހައި ކޯޓުގެ ޕެންޑިންގައި 679 މައްސަލަ އޮތްއިރު އޭގެ ތެރޭގައި ފަސް އަހަރުވެފައިވާ ދެ މައްސަލައެއް ވެސް އެބައޮތެވެ. 2018ވަނަ އަހަރު ހުށަހެޅި 21 މައްސަލައާއި، 2019ވަނަ އަހަރު ހުށަހެޅި 186 މައްސަލައާއި، 2020ގެ 141 މައްސަލަ އަދި މިދިޔަ އަހަރުގެ 329 މައްސަލައެއް ކޯޓުގައި މިހާރު އެބައޮތެވެ.

މިދިޔަ އަހަރު ނިންމި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ މަދަނީ މައްސަލަތަކެވެ. އެގޮތުން 242 މަދަނީ މައްސަލައެއް ރަޖިސްޓްރީކޮށް 325 މައްސަލައެއް ނިންމިއެވެ. މީގެ އިތުރުން ޖިނާއީ ކަންކަމާ ގުޅޭ 192 މައްސަލައެއް ރަޖިސްޓްރީކޮށް އެފަދަ 214 މައްސަލައެއް ނިންމައިފައިވެއެވެ. އަދި މޮނިކޮންއަމުރާ ގުޅޭ ހަ މައްސަލައެއް ވެސް ހައި ކޯޓުން މިިދިޔަ އަހަރު ވަނީ ނިންމައިފައެވެ.

Ads by HDC
  1. ލހލލ ޚިުޔޔުހޗިޔ ޫ

    ޫގފހގ ެެ ގގ ެ