ބޮލީވުޑް

ކައިވެނި ކޮށްގެން އުޅުނުއިރު ވެސް މަސައްކަތަށް ހުރަހެއް ނެތް: މަލައިކާ

  • ލަމައިކާ ބުނީ ޅަ އުމުރުގައި އަރްބާޒް ހާންއާއި ކައިވެނި ކުރުމުން އޭނާގެ ބޮލީވުޑް ކެރިއަރަށް އަސަރު ނުކުރާ ކަމަށް
މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން
މަލައިކާ އަރޯރާ

އަރްބާޒް ޚާންއާ ކައިވެނި ކުރުމުން ބޮލީވުޑްގައި އޭނާގެ ކުރިއެރުމަށް އަސަރު ނުކުރާކަމަށް މަލައިކާ އަރޯރާ ހާމަކޮށްފިއެވެ.

Ads by MWSC

މަލައިކާ އަރޯރާއަކީ ބޮލީވުޑްގެ އެންމެ ނަން މަޝްހޫރު ތަރިންގެ ތެރޭގަައި ހިމެނޭ ތަރިއެކެވެ. އޭނާއާއި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަދި ޕްރޮޑިއުސަރު އަރްބާޒް ޚާން ކައިވެނިކޮށްފައި ވަނީ މަލައިކާގެ އުމުރުން 25 އަހަރުގައެވެ. 1998އިން 2017އަށް ކައިވެނިކޮށްގެން އުޅެފައިވާއިރު އެ ދެމީހުންނަކީ އެއް އިރެއްގައި ބޮލީވުޑްގައި އައިޓީ ލޯބިވެރިންގެ ގޮތުގައި އުޅެފައިވާ ދެ މީހުންނެވެ.

ދާދި ފަހުން ނަމްރިތާ ޒަކަރިއްޔާއާ އެކު ޕޮޑްކާސްޓެއްގައި މަލައިކާއާއި، އަރްބާޒްއާ އެހާ އަވަހަށް ކައިވެނި ކުރުމުން އޭނާގެ ޕްރޮފެޝަނަލް ދިރިއުޅުމަށް އެއްވެސް އަސަރެއް ކޮށްފައިވޭތޯ ނުވަތަ ނޫންތޯ ސުވާލުކުރުމުން އޭނާ ވަނީ އެއަށް ވަރަށް ރަނގަޅު ޖަވާބެއް ދީފައެވެ.

އެކްޓްރެސް ބުނީ ކައިވެނި ކުރުމަކީ ނުވަތަ ކުއްޖަކު ހޯދަން ނިންމި ނިންމުމަކީ އޭނާގެ އަމިއްލަ ނިންމުމަކަށްވާ އިރު އެއިން އެއްވެސް ކަމަކީ އޭނާގެ ޕްރޮފެޝަނަލް ދިރިއުޅުމަށް އެއްވެސް އިރެއްގައި ހުރަހެއް އޮތްކަން ސާބިތުކޮށްދިން ކަމެއް ނޫން ކަމަށެވެ.

އޭނާ ބުނީ އޭނާގެ ޕާސަނަލް އަދި ޕްރޮފެޝަނަލް ދިރިއުޅުމާ ބެހޭ ގޮތުން އޭނާގެ ވަށައިގެން ތިބި މީހުން ވަރަށް ގިނަ ވާހަކަ ދައްކާ ކަމަށެވެ. ނަމަވެސް، އެއިން އެއްވެސް ކަމަކުން އޭނާގެ ދިރިއުޅުމަށް އެއްވެސް އަސަރެއް ކޮށްފައި ނުވާކަމަށް އޭނާ ވަނީ ބުނެފައެވެ.

މަލައިކާ ބުނީ އޭރު ވަރަށް މަދުން ނޫނީ ފިލްމީތަރިން ކައިވެނިކޮށް ދަރިން ހޯދާތަން ނުފެންނާނެ ކަމަށާއި، އޭރުގެ ތަރިން އެފަދަ ފުން ވަޅުގަނޑަކަށް އަރައިނުގަންނާނެ ކަމަށެވެ.

މަލައިކާ އިތުރަށް ބުނެފައި ވަނީ މިހާރު ހާލަތު ބަދަލުވެފައިވާ ކަމަށެވެ. އޭނާ ބުނީ މިއަދު އަންހެނުން ކައިވެނިކޮށް ދަރިން ހޯދައި، މާބަނޑުދުވަސްވަރު ވެސް މަސައްކަތް ކުރާ ކަމަށެވެ.

މަލާއިކާ ބުނެފައި ވަނީ މުޅި މާބަނޑު ދުވަސްވަރު ވެސް އޭނާ މަސައްކަތް ކުރީ އަމިއްލައަށް ކަމަށެވެ. އަދި އޭނަގެ އަމިއްލަ ދިރިއުޅުމާއި ޕްރޮފެޝަނަލް ދިރިއުޅުން ހުއްޓުމުގެ އެއްވެސް ފުރުސަތެއް ދީފައި ނުވާނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!