ޕްރިޔަންކާ އެންމެ ރުޅި އަންނަނީ އަންހެން ތަރިން ކުޅޭ ރޯލުތައް ބަލިކަށިކަމަށް ބުނާތީ
ބަތަކާ ފްރިޔަންކާ ޗޯޕްރާ އެންމެ ނުރުހެނީ އަންހެނުންނަކީ ބަލިކަށި ބައެއްގެ ގޮތުގައި ލިޔުންތެެރިންން ސިފަކުރާތީ ކަމަށް އޭނާ ބުނެފިއެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ހާމަކޮށްފައި ވަނީ އޭނާގެ "ޕެޓް ޕީވް"އަކީ ފިރިހެން ކެރެކްޓަރުންނަށް ވުރެ ބަލިކަށި ނުވަތަ ނަފްސާނީގޮތުން ބަލި ބައެއްގެ ގޮތުގައި ލިޔުންތެރިން އަންހެން ކެރެކްޓަރުން ސިފަކުރުމެވެ.
ޕްރިޔަންކާ ވަނީ އޭނާގެ އެކްޓިން ކެރިއަރުގައި ވަރަށް ވަރުގަދަ ކެރެކްޓާތަކެއް ކުޅެފައެވެ. ޗެމްޕިއަން ބޮކްސިން ކުޅުންތެރިޔާ މޭރީ ކޮމްގެ ކެރެކްޓާއިން ފެށިގެން އެފްބީއައިގެ އޭޖެންޓް އެލެކްސް ފެރިސްގެ ކެރެކްޓާއާ ހަމައަށް އޭނާ ކުޅެފައިވާއިރު، އޭނާ ވަނީ މި ކެރެކްޓާތަކަށް އިންސާފު ވެސް ގެނެސްފައެވެ.
ދާދިފަހުން ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައި ވަނީ އަންހެން ކެރެކްޓާތަކުގެ ބަލިކަށި ރޯލުތައް އޭނާ ކުޅޭ ހިތް ނުވާކަމަށެވެ.
ޕްރިޔަންކާ އެންމެ ފަހުން ސްކްރީނުން ފެނިގެން ގޮސްފައި ވަނީ "މެޓްރިކްސް ރިވައިޒިން"އިންނެވެ. އޭގައި އޭނާކުޅުނީ ސަތީއެއްގެ ރޯލެވެ.
ނަމަވެސް ޕްރިޔަންކާ ބުނެފައި ވަނީ އޭނާގެ ކެރެކްޓާތަކުގައި ކުޑަކޮށް ނާޒުކު ކަމެއް ހުރުމަށް ލޯބިކުރާ ކަމަށާއި ޖިސްމާނީ ނޫން ސިފަތަކުގައި ބާރުވެރި ރޯލެއް ހޯދަން އިސްކަންދޭ ކަމަށެވެ.
“އަހަރެން ކެރެކްޓާތަކުގެ ނާޒުކުކަމަށް ލޯބިކުރަން، އަހަރެން ދެކޭގޮތުގައި އެމީހެއްގެ ގައިގައި ހުރި ނާޒުކުކަމެއް ހޯދައި އެކަން ގަބޫލުކޮށް އެކަމާ އޯކޭ ވާންޖެހޭ” ޕްރިޔަންކާ ބުނެފައިވެއެވެ.
ޕްރިޔަންކާއާއި ފިރިމީހާ ނިކް ޖޯނަސް ދާދި ފަހުން ވަނީ ސަރޮގެސީ މެދުވެރިކޮށް ދަރިއަކު ހޯދައިފައެވެ. ރިޕޯޓުތައް ބުނާ ގޮތިގައި އެދެމަފިރިންނަށް ލިބިފައިވަނީ އަންހެން ދަރިއެކެވެ.