އިތުރު 2،600 މީހުން ބޫސްޓަރ ޑޯޒް ޖަހައިފި

ކޮވިޑް-19އިން ރައްކާތެރިވުމަށް ޓަކައި ވއިއްޔެ 2،600 މީހުން ބޫސްޓަރ ޑޯޒް ޖަހައިފިއެވެެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ހޮނިހިރު ދުވަހު ވެކްސިންގެ ބޫސްޓަރ ޑޯޒް 2601 މީހަކު ޖެހިއެވެ.
އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ބޫސްޓަރ ޑޯޒް ޖެހި 2007 މީހުންނާއި އަތޮޅުތަކުން ބޫސްޓަރ ޑޯޒް ޖެހި 594 މީހަކު ހިމެނެއެވެ.
މިއާ އެކު ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޢަދަދު މިހާރު ވަނީ 49،142އަށް އަރައިފައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި އިއްޔެ ކޮވިޑް ވެކްސިންގެ ފުރަަތަމަ ޑޯޒް 17 މީހަކު ޖަހައިފައިވެއެވެ. ދެވަނަ ޑޯޒް 28 މީހަކު ޖަހައިފައިވެއެވެ. މިހައިތަނަށް 369،151 މީހަކު ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ.