ޚަބަރު ވިޔަފާރި

އިލެކްޓްރޯނިކް ފައިސާ ދޫކުރުމުގެ ލައިސަންސް އުރީދޫއާއި ދިރާގަށް ދީފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނުގެ ދަށުން، ދިރާގާއި އުރީދުއަށް ރާއްޖޭގައި ޕޭމަންޓުގެ ހިދުމަތް ދިނުމުގެ ލައިސަންސް ދޫކޮށްފިއެވެ.

Ads by MWSC

އުރީދުއަށް ދީފައި ވަނީ ދިވެހިރާއްޖޭގައި އިލެކްޓްރޯނިކް ފައިސާ ދޫކުރުމާއި ހިދުމަތާއި ރެމިޓަންސް ހިދުމަތް ދިނުމަށް ބޭނުންވާ ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސެވެ. އަދި ދިރާގަށް ދޫކޮށްފައި ވަނީ، ދިވެހިރާއްޖޭގައި އިލެކްޓްރޯނިކް ފައިސާ ދޫކުރުމުގެ ހިދުމަތް ދިނުމަށް ބޭނުންވާ ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސްއެވެ.

މި ލައިސަންސްގެ ދަށުން އުރީދޫން އަލަށް ތައާރަފްކުރުމަށް ނިންމައިފައިވާ ރެމިޓަންސް ހިދުމަތަކީ، އެ ކުންފުނިން ދެމުންގެންދާ އެމް-ފައިސާ ވޮލެޓް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭ ގޮތަށް ފަރުމާކުރެވިފައިވާ ހިދުމަތެކެވެ.

ދިރާގަށާއި އުރީދުއަށް ޕޭމަންޓުގެ ހިދުމަތް ދިނުމުގެ ލައިސަންސް ދޫކޮށްފައި ވަނީ މި މަހުގެ 18ވަނަ ދުވަހުއެވެ.

މަރުކަޒީ ބޭންކު އެމްއެމްއޭއިން ބުނީ، ގައުމީ ޕޭމަންޓު ހިދުމަތް ދިނުމުގެ ލައިސަންސް ދިރާގާއި އުރީދުއަށް ދޫކުރުމުން، އެ ދެ ކުންފުނިން ވެސް ޕޭމަންޓުގެ ހިދުމަތްތައް ދެމުންގެންދާނީ އެ ލައިސަންސްގެ ދަށުން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!