Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ވަކި ޤައުމެއްގެ އިންވެސްޓަރަކަށް ވެގެން ޓޫރިޒަމްގެ ޕްރޮޖެކްޓެއް ނުހުއްޓުވަން: މައުޞޫމް

ވަކި ޤައުމެއްގެ އިންވެސްޓަރަކަށް ވެގެން ޓޫރިޒަމްގެ ޕްރޮޖެކްޓެއް ނުހުއްޓުވަން: މައުޞޫމް

އިންވެސްޓަރުން ނިސްބަތްވަނީ ކޮން ޤައުމަކަށްތޯ ބަލައި، ވަކި ޤައުމަކަށް ނިސްބަތް ވާތީ ޓޫރިޒަމްގެ އެއްވެސް ޕްރޮޖެކްޓެއް ހުއްޓުވައިފައި ނުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ޗައިނާގެ އިންވެސްޓަރުން ރާއްޖޭގައި ރިސޯޓު ތަރައްގީކުރުމަށް ހިންގަމުން އައި ބައެއް މަޝްރޫއުތައް މި ސަރުކާރުން ހުއްޓުވައިފައިވާނެ ކަމަށް ވެރިކަން ކުރާ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން، އުފެދިފައިވާ ކަންބޮޑުވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އޮންލައިން ނޫސް "ދިޔަރެސް"އިން ސުވާލު ކުރުމުން ޓޫރިޒަމް މިނިސްޓަރ މައުސޫމް ވިދާޅުވީ، އަމަލީ މަސައްކަތް ފަށައިފައިވާ އެއްވެސް ރިސޯޓެއްގެ މަޝްރޫއު ހުއްޓުވައިފައި ނުވާނެ ކަމަށެވެ.

Advertisement
HDC — Sidebar (box)

"ކޮންސެޕްޓުގައި މައްސަލަ ޖެހިގެން ބައެއް މަޝްރޫއުތައް ހުއްޓުވި ނަމަވެސް އިންވެސްޓަރު ވަކި ގައުމަކަށް ނިސްބަތްވެގެން މަޝްރޫއު ހުއްޓުވައިފައެއް ނުވާނެ. އަދި ރަށެއް ތަރައްގީ ކުރަން ދޫކޮށް އެގްރީމެންޓުގައި ސޮއިކުރުމަށް ފަހު، ގަވާއިދުގެ ތެރެއިން މަސައްކަތް ދާނަމަ އެފަދަ އެއްވެސް މަޝްރޫއެއް ހުއްޓުވައިފައެއް ނުވާނެ" މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެކަން އެހެން އޮތް ނަމަވެސް ވަކި ޕްރޮޖެކްޓެއް އަންނަ ހިސާބުން ސަރުކާރުގެ ޑިވޮލޮޕްމަންޓު ޕޮލިސީއާ ހިލާފު ނަމަ އެ ޕްރޮޖެކްޓުތައް ހުއްޓުވޭނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް