ޚަބަރު

ކޮވިޑްގެ ހާލަތު ރަނގަޅު ވަންދެން މަހްލޫފްގެ މައްސަލަ ފެށުން ފަސްކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ފައިސާ ލިބުނު ކަމަށް ތުހުމަތު އުފުލިފައިވާ ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފްގެ މައްސަލަ ފަށާނީ ކޮވިޑްގެ ހާލަތު ރަގަޅުވުމުން ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

Ads by STELCO

ދައުލަތުން މިނިސްޓަރ މަހްލޫފްގެ މައްޗަށް އުފުލައިފައި ވަނީ ރިޝްވަތު ހިފުމުގެ ދައުވާއެވެ. އެ މައްސަލައިގެ ޝަރީއަތް ފެށުމަށް އެންމެ ފުރަތަމަ ތާވަލު ކުރީ މި ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ. ނަމަވެސް އިދާރީ މައްސަލައެއް ޖެހުމުން އެ ދުވަހުގެ އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.

މި މައްސަލައާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން މިއަދު ބުނީ އަޑުއެހުންތައް ކުރިއަށް ގެންދަން ނިންމައިފައި ވަނީ މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތައް ކޯޓަށް ހާޒިރުކޮށްގެން ކަމަށެވެ. އެހެންކަމުން ކޮވިޑް-19ގެ ހާލަތު ރަގަޅުވުމުން މައްސަލަ ތާވަލު ކުރާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވެއެވެ.

އެ ކޯޓުން މިހެން ބުނި ނަމަވެސް، މިހާރު ވެސް އެތައް މައްސަލަތަކެއް އޮންލައިންކޮށް ކުރިއަށް ގެންދެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް މިނިސްޓަރ މަހްލޫފުގެ މައްޗަށް ދައުވާ ކޮށްފައިވީ ނަމަވެސް އޭނާގެ މައްޗަށް އެއްވެސް ފިޔަވަޅެއް ފަހުން އަޅައިފައެއް ނުވެއެވެ.

Ads by Ooredoo
  1. ސަކީލާ

    ހުށިހައި އެންމެނެގެ މައްސަލާސް ތިހެން ހަދަފޭ ތިވެރިން ތީ އިހުލާސްތެރި މީހުންފޭނާ

  2. ޅާސް

    ޢެންމެނަށްވެސްް އެގޭޭ ބަތްކައްކާކަންް ކުޅެނީ

  3. ނާއިންސާފު

    މިކުޑަކުޑަދިވެހިރާއްޖޭގައިި އޮންނަނީީ ޖަންގަލީގެެ އުސޫލުު މީހަކައްގޮތެއްް މީހަކައްގޮތެއްް ﷲގެެ އިރާދަފުޅުންް މަދުދުވަސްކޮޅެއްގެެ ތެރޭގައިި އެމީހުންއެކުރާކަންތައްް އެމީހުންނާއަރާހަމަކުރާނެެ އަދިި ހައްގައްނަސްރުދެއްވާނެެ ވަލްހަމްދުލިއްލާހި