ޚަބަރު

މަހްލޫފް މައްސަލައިގައި ކޯޓުން އަމަލު ކުރަމުން އަންނަނީ ދެފުށް ފެންނަ ގޮތަކަށް ނޫން: ޓްރާންސްޕޭރެންސީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް/ ފޮަޓޯ: ޕީއެސްއެމް

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ފައިސާ ބޭނުން ކުރިކަމުގެ ދައުވާ އުފުލިފައިވާ ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފްގެ އެ މައްސަލައާ ގުޅިގެން ކޯޓުން އަމަލުކުރަމުން އަންނަނީ ދެ ފުށް ފެންނަ ގޮތަަކަށް ނޫން ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ބުނެފިއެވެ.

Ads by Sosun Fihaara

މިނިސްޓަރ މަހްލޫފްގެ އެ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން މިއަދު ބުނީ، އެ މައްސަލަ ބަލަން ފަށާނީ ކޮވިޑްގެ ހާލަތު ރަނގަޅުވުމުން ކަމަށެވެ.

ކޯޓުގެ އެ ނިންމުމާ ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނީ، ކޯޓުގައި މި ދުވަސްވަރު ވެސް އެކި މައްސަލަތައް ކުރިއަށްދާ ކަމަށާއި އެކަމަކު މިނިސްޓަރ މަހްލޫފްގެ މައްސަލައަކީ ސީރިއަސް މައްސަލައެއް ނަމަވެސް މައްސަލަ ކޮވިޑުގެ ހާލަތު ރަނގަޅުވުމުން ކުރިއަށް ގެންދަން ނިންމުމުން ކޯޓުގެ ގައިޑްލައިންތައް އެހައި ދެކޮޅު ނުޖެހޭ ކަމަށެވެ.

އޮންލައިންކޮށް މައްސަލަތައް ބެލުން 2020ވަނަ އަހަރުގެ އޮގަސްޓް މަހުގެ 6ވަނަ ދުވަހު ކޯޓުން ތައާރަފް ކުރިކަން ފާހަގަ ކުރަމުން ޓްރާންސްޕޭރެންސީއިން ބުނީ މަހްލޫފުގެ މައްސަލަ ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ކޯޓަށް ފޮނުވީ މިދިޔަ އަހަރުގެ ނޮވެމްބަރު 25ގައި ކަމަށެވެ.

އެމްއެމްޕީއާރްސީގެ ފައިސާ ބޭނުން ކުރިކަމުގެ ތުހުމަތު މިނިސްޓަރ މަހްލޫފްގެ މައްޗަށް އުފުލުމާ އެކު، ކުރިން އޭނާ ވަނީ މަގާމުން ސަސްޕެންޑުކޮށްފައެވެ. ނަމަވެސް އެއަށް ފަހު އެ މައްސަލަ ނުބަލާ ވަރަަށް ގިނަ ދުވަސް ފާއިތުވުމުން، މިނިސްޓަރ މަހްލޫފްގެ ސަސްޕެންޝަން ފަހުން ވަނީ އުވައިލައިފައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ އެކު ބައެއް ރަށްރަށަށް ދަތުރު ކުރައްވައި، އެ މަނިކުފާނު އަރިހުގައި ހުންނަވައިގެން ސިޔާސީ މަސައްކަތްތަކުގައި ވެސް މިނިސްޓަރ މަހުލޫފް ބައިވެރިވެވަޑައިގަންނަވައެވެ.

އެކަމުގައި ވެސް ކަންބޮޑުވުން ފާޅުކޮށް ޓްރާންސްޕޭރަންސީން ވަނީ، ކެބިނެޓް ވަޒީރެއްގެ މައްޗަށް އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތުހުމަތު ކުރެވި އެ މައްސަލަ ކޯޓަށް ހުށަހަޅައިފި ނަމަ މަގާމުން ވަކިކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވިކަން ފާހަގަކޮށްފައެވެ. ނަމަވެސް މިނިސްޓަރ މަހްލޫފްއާ މެދު އެފަދައިން ކަންތައް ކޮށްފައި ނުވާކަން ވެސް ޓްރާންސްޕޭރެންސީއިން ފާހަގަ ކޮށްފައިވެއެވެ.

Ads by HDC
  1. ނާޗޫރު

    ޓްރާންސް ޕޭރަންސީ ކިޔާގެން ތިއުޅޭ މީހުނަކީ ދެލޯމެރިފަ ތިބި އަދިރިބައެއް ތިއީ ބޭކާރު ބައއެއް ތިމީހުންވެސް ހުކުމް ކޮށްފަ ޖަލަށްލާން ފެންނަނީ

  2. ހސ އަހުމަދު

    ދެފުއް ފެންނާކަށް ނުޖެހޭ. ކޮރަޕްޝަނަށް އޮންނާނީ ޒީރޯ ޓޮލަރެންސް، ޚިޔާނާތަށް އޮންނާނީ ފުލް ޓޮލަރެންސް.