Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރި އެމްޕީއެލްގެ މުވައްޒަފަކަށް ވަޒީފާ ދޭން ޙުކުމްކޮށްފި

ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރި އެމްޕީއެލްގެ މުވައްޒަފަކަށް ވަޒީފާ ދޭން ޙުކުމްކޮށްފި

ވަޒީފާގެ އެއްބަސްވުމާއި ވަޒީފާއާ ބެހޭ ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރި އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ ސ.ފޭދޫ ވާރުގޭ މުޙައްމަދު އައިމަންއަށް ވަޒީފާދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއިން ހުކުމްކޮށްފިއެވެ.

ޓްރައިބިއުނަލްއިން އިއްޔެ ކުރި ހުކުމްގައި ބުނެފައި ވަނީ މުޙައްމަދު އައިމަން ، 21 ޖެނުއަރީ 2001އިން ފެށިގެން އެމްޕީއެލްގައި ވަޒީފާ އަދާކުރަމުން ދަނިކޮށް އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ވަޒީފާގެ އެއްބަސްވުމާއި އަދި ވަޒީފާއާ ބެހޭ ޤާނޫނާ ޚިލާފަށް އިޖުރާޢަތްތައް ފުރިހަމަނުކޮށް ކަމަށް ކަނޑައަޅާ ކަމަށާއި އޭނާ ހުރި މަޤާމު ރުޖޫޢަ ކުރުމަށާއި ވަޒީފާއިން ވަކިކޮށްފައިވާ މުއްދަތުގައި އޭނާއަށް ލިބިދޭން ޖެހޭ މުސާރައާއި އިނާޔަތްތައް ހުކުމް ކުރާތާ 3 ދުވަހުގެ ތެރޭގައި އޭނާއަށް ދިނުމަށް އަމުރުކުރާ ކަމަށެވެ.

ސިޔާސީ ސަބަބުތަކަށް ޓަކައި މުވައްޒަފުން މަޤާމުން ވަކިނުކޮށް ރައްކާތެރިކަން ދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. ނަމަވެސް ވޭތުވެދިޔަ ތިން އަހަރުގެ މިފަދަ އެތައް މައްސަލައެއް ޓްރައިބިއުނަލަށް ހުށަހެޅި އެ މުވައްޒަފުންނަށް އަނބުރާ ވަޒީފާ ދިނުމަށް ހުކުމްކޮށްފައި ވެއެވެ. މިފަދަ ހުކުމްތަކެއް ކޮށްފައިވާ ހިނދު ވެސް ބައެއް މުވައްޒަފުންނަށް އަނބުރާ ވަޒީފާ ނުދީވާކަން ވެސް ފާހަގަކޮށްލެވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް