ޚަބަރު

އެމެރިކާއިން ރާއްޖެއަށް ދެ ލައްކަ ޑޯޒް ވެކްސިން ހަދިޔާ ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ވެކްސިން ޖަހަނީ-- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ކޮވިޑް-19އިން ދިފާއުވުމަށް އެހީތެރިވުމުގެ ގޮތުން އެމެރިކާއިން ރާއްޖެއަށް ދެ ލައްކަ ޑޯޒް ވެކްސިން ހަދިޔާ ކޮށްފިއެވެ.

Ads by STELCO

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ، އެމެރިކާގެ ހިލޭ އެހީގެ ދަށުން ފައިޒާ ވެކްސިންގެ 210000 ޑޯޒް ކޮވެކްސް މެދުވެރިކޮށް މިއަދު ހަދިޔާ ކޮށްފައިވާ ކަމަށެވެ. އެ ތަކެތި ހަދިޔާ ކޮށްފައިވަނީ ސިރިންޖާ ވެސް އެކު ކަމަށް އެޗްޕީއޭއިން މައުލޫމާތު ދީފައިވެއެވެ.

އެމެރިކާއިން މީގެ ކުރިން ވެސް ވަނީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް 229،320 ޑޯޒްގެ ފައިޒާ ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފައެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ކޮވިޑް ވެކްސިންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހައިތަނަށް 397،504 މީހުން ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހައިފައި ވެއެވެ. އަދި 369،551 މީހުން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައި ވެއެވެ. ހަމައެހެންމެ 62،402 މީހަކު ބޫސްޓާ ޑޯޒް ޖަހައިފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!