ޚަބަރު

ވެކްސިން ހަދިޔާކުރުމުން މިނިސްޓަރު ޝާހިދުގެ ޝުކުރު އެމެރިކާއަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖެއަށް އެމެރިކާގެ ފަރާތުން ވެކްސިން ހަދިޔާކުރުމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލެންކަންއަށާއި، އެ ގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފިއެވެ.

Ads by STELCO

މިނިސްޓަރ ޝާހިދު ވިދާޅުވީ މި ވެކްސިންތަކަކީ ރާއްޖޭގެ އެންމެންނަށް ބޫސްޓަރ ޝޮޓް ޖެހުމަށް ކުރަމުންދާ މަސައްކަތަށް ވަރަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އެމެރިކާގެ ހިލޭ އެހީގެ ދަށުން އިއްޔެ ވަނީ ފައިޒާ ވެކްސިންގެ 210000 ޑޯޒް ކޮވެކްސް މެދުވެރިކޮށް ރާއްޖެއަށް ހަދިޔާކޮށްފައެވެ. އެ ތަކެތި ހަދިޔާ ކޮށްފައި ވަނީ ސިރިންޖާ ވެސް އެކުއެވެ.

އެމެރިކާއިން މިހައިތަނަށް 4 ލައްކައަށް ވުރެ ގިނަ ޑޯޒްގެ ވެކްސިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ. މީގެ އިތުރުން އިމަރޖެންސީ ސަޕްލައިއާއި، ތަމްރީނާއި، ތަކެތީގެ އެހީގެ ގޮތުގައި 60 ވެންޓިލޭޓަރާއި 100,000 ރެޕިޑް ޑައިގްނޯސްޓިކް ޓެސްޓް ވެސް އެމެރިކާއިން ވަނީ ފޯރުކޮށްދީފައެވެ.

ކޮވިޑް-19 ބަލިމަޑުކަން ފެށުނީއްސުރެ އެމެރިކާއިން ދަނީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!