މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދޭ ގަޑިތަކަށް ބަދަލު ގެނެސްފި

މާލެ ސަރަހައްދަުގައި ކޮވިޑް-19އިން ދިފާއުވުމަށް ވެކްސިން ޖަހައިދޭ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ހޮނިހިރުން ބުދަ ދުވަހަށް ހެނދުނު 9އިން 12:45އަށް އަދި 2އިން 6:45އަށް އެޕޮއިންޓަމަންޓް އުސޫލުން ވެކްސިން ޖަހައިދޭނެ ކަމަށެވެ.
ސެނަހިޔާ އިން ހޮނިހިރުން ބުދަ ދުވަހަށް މެނދުރު 12އިން 03:00އަށް ވެކްސިން ޖަހައިދޭނެއެވެ. ސެނެހިޔާގައި ސިނަފާމް ވެކްސިން ޖަހައިދިނުން ކުރިޔަށް ދާނީ އާދިއްތައިން ބުރާސްފަތި ދުވަހަށް ހެނދުނު 8:30އިން 9އަށް އަދި އެސްޓްރަޖެނެކާ ވެކްސިން ޖަހައިދޭނީ އާދިއްތައިން ބުރާސްފަތި ދުވަހަށް ހެނދުނު 10:30އިން 11:00އަށެވެ.
ދަމަނަވެށީގައި އާދިއްތައިން ބުދަ ދުވަހަށް މެންދުރު 1އިން ހަވީރު 4އަށް ވެކަސިން ޖަހައިދޭން ހަމަޖެހިފައިވާއިރު ދަރުބާރުގޭގައި ހޮނިހިރުން ބުދަ ދުވަހަށް ހެނދުނު 11އިން 1އަށް އަދި 2އިން 5:45އަށް އެޕޮއިންޓަމަންޓް އުސޫލުން ވެކްސިން ޖެހުން ކުރިޔަށްދާނެއެވެ. ހުޅުމާލެ ހޮސްޕިޓަލްގައި ވެކްސިން ޖަހާނީ ހޮނިހިރުން ބުދަ ދުވަހަށް ހެނދުނު 9އިން 1އަށް އަދި 2އިން 5އަށެވެ.
ރާއްޖޭގައި ކޮވިޑްގެ ބޫސްޓާ ޑޯޒް ޖަހަނީ ކޮވިޝިލްޑް/ އެސްޓްރަޒެނެކާ، ސިނޮފާމް އަދި ފައިޒާ ހިމެނޭހެން ކޮވިޑްގެ އެއްވެސް ވެކްސިނެއްގެ ދެވަނަ ޑޯޒް ޖެހި ފަހުން 6 މަސް ފުރިހަމަ ވެފައިވާ މީހުންނަށެވެ.