Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މިސްކް ޖެހުނު ދިވެހި ކުޑަކުއްޖަކު ނިޔާވެއްޖެ

މިސްކް ޖެހުނު ދިވެހި ކުޑަކުއްޖަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހުމަށް ފަހު ރަނގަޅުވާ ބައެއް ކުޑަކުދިންނަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ މަލްޓިސިސްޓަމް އިންފްލްމޭޓަރީ ސިންޑްރޯމް އިން ޗިލްޑްރަން (މިސް-ސީ)، ޖެހުނު ކުއްޖަކު ރާއްޖެއިން ނިޔާވެއްޖެއެވެ.

މިކަން ހާމަކުރައްވަމުން އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ވަނީ މި ބައްޔާ މެދު މައިންބަފައިން އިތުރަށް ސަމާލުވުމަށް އެދިވަޑައިގެންފައެވެ.

ޓީވީއެމްގެ ހެނދު ހެނދުނާ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. ފައިސަލް ވިދާޅުވީ މިސްކްއަކީ ކުއްލިއަކަށް ވަރަށް ކުރު މުއްދަތަކަށް ދިމާވާ ކަމެއް ބައްޔެއް ކަމަށާއި މިއީ ކޮވިޑް ޖެހި ރަނގަޅުވުމަށް ފަހު ވާ ކަމެއް ކަމަށެވެ.

Advertisement
Allied Insurance — Square (box)

އެގޮތުން މި ބަލީގައި ހުން ގަދަވެ ހަތަރު ދުވަސް ފަސް ދުވަސް ވެސް ވާ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

"ކޮވިޑްގައި އައި ހުމެއް ނުވަތަ ރޯގާއަކަށް ފަހުގައި، ރަނގަޅު ވަނީ، ހުން ގޮސްފައި ހަރުލައިފައި އަނެއްކާ ވެސް ހުން މި އަންނަނީ، މީގެ 100 އިންސައްތަ ކުދިން ހުން ހުންނާނެ". ޑރ. ފައިސަލް ވިދާޅުވިއެވެ.

ޑރ. ފައިސަލް އިތުރަށް ވިދާޅުވީ 20 އަހަރުން ދަށުގެ މީހުންނަށް ކޮވިޑް ޖެހުމަށް ފަހު މިފަދަ އަލާމާތްތައް ފެންނަ ނަމަ އެއަށް ކިޔަނީ "މިސްކް" ކަމަށާއި މި ބަލީގައި އެންމެ ގިނައިން ފެންނަނީ ގޮހޮރުގެ އަލާމާތްތައް ކަމަށެވެ.

"ބަނޑަށް ތަދުވެފައި ހޮޑުލައިފައި ބޭރަށް ހިންގުމާއި، ބައެއް ކުދިން ހޮސްޕިޓަލަށް އަންނަައިރުގައި އެބަހުރޭ ބްލަޑް ޕްރެޝަރ ދަށްވެގެން ޝޮކަށް ގޮސްފައި،" ޑރ. ފައިސަލް ވިދާޅުވެފައިވެއެވެ.

މި ބަލިން ފެންނަ އިތުރު އަލާމާތްތަކުގެ ތެރޭގައި ހަމުގެ އަލާމާތްތަކުގެ ބިހި ނެގުމާއި، ރަތްވުން އަދި ލޯ ރަތްވުމާއި، ތުންފަތާއި ދޫ ރަތްވުން ފަދަ އަލާމާތްތައް ފެންނަ ކަމަށާއި ވަރުބަލިވުމާއި، މަދުމަދުން ފިޓް ޖެހުން ފަދަ އަލާމަތްތައް ފެނިދާނެ ކަމަށް ވެސް ޑރ. ފައިސަލް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް