ޚަބަރު އިޖުތިމާޢީ

އިތުރު 2،601 މީހުން ކޮވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ކޮވިޑް ވެކްސިން--

ކޮވިޑް-19 ބަލިން ދިފާއު ވުމަށް ރާއްޖޭގައި ދެމުން އަންނަ ވެކްސިންގެ ބޫސްޓަރ ޑޯޒް، އިތުރު 2،601 މީހަކު ޖަހައިފިއެވެ.

Ads by STELCO

ހެލްތު ޕްރޮޓެކްޝަން އެެޖެންސީ(އެޗްޕީއޭ)ގެ ތަފާސް ހިސާބުގައިވާ ގޮތުން އިއްޔެ ވެކްސިން ޖެހި މީހުންނާ އެކު، ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 72،825އަށް އިތުރުވެފައެވެ.

އަދި ވެކްސިންގެ ފުރަތަމަ ޑޯޒް، 29 މީހަކު ޖަހައިފައިވާ އިރު، 104 މީހަކު ވަނީ ދެވަނަ ޑޯޒް ޖަހައިފައެވެ.

މިއާ އެކު ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 397،615އަށް އިތުރުވެފައެވެ. އަދި ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 369،820އަށް އަރައިފައެވެ.

ބޫސްޓަރ ޑޯޒް ޖެހުމުގެ މުހިންމުކަން ފާހަގަކުރައްވައި އެޗްޕީއޭގެ އެޕިޑިމިއޮލޮޖިސްޓް، ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވީ، ކޮވިޑް ބަލިން ދިފާއުވުމަށް ކުރިން ޖެހި ވެކްސިންގެ ދެ ޑޯޒްއިން ރައްކާތެރިކަން ލިބިގެންދަނީ ހަމަސް ދުވަހަށް ކަމަށެވެ.

އެހެންކަމުން، އާ ވޭރިއަންޓުތަކުން ރައްކާތެރިކަން ހޯދުމަށް ޓަކައި ބޫސްޓަރ ޑޯޒް ޖެހުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!