ޚަބަރު

ކޮވިޑް-19ބަލީގައި ނައިފަރުން މީހަކު ނިޔާވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮވިޑް-19 ޖެހިގެން ޅ.ނައިފަރު އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ މީހަކު ނިޔާވެއްޖެއެވެ.

Ads by STELCO

އެޗްޕީއޭއިން ވިދާޅުވީ، ނިޔާވެފައި ވަނީ އުމުރުން 83 އަހަރުގެ މީހެއް ކަމަށާއި އޭނާ ނިޔާވީ އިއްޔެ ކަމަށެވެ.

މި މަރާ އެކު ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 279އަށް ވަނީ އަރައިފައެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި، ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!