ދުނިޔެ

އޮސްޓްރޭލިއާގައި ކޮވިޑް-19 ޖެހިގެން މަރުވާ ގިނަ މީހުންނަކީ ވެކްސިން ޖަހައިފައިވާ މީހުން!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އޮސްޓްރޭލިއާގައި ކޮވިޑް-19 ޖެހިގެން މަރުވާ ގިނަ މީހުންނަކީ ވެކްސިން ޖަހައިފައިވާ މީހުން ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by WAMCO

އޮސްޓްރޭލިއާގައި ކޮވިޑް-19ގެ ސަބަބުން އެނދުމަތި ކުރަން ޖެހޭ، އަދި މަރުވާ ގިނަ މީހުންނަކީ ވެކްސިން ޖަހައިފައިވާ މީހުންތޯ، ނުވަތަ ނޫންތޯކަން އެނގޭ މައުލޫމާތު އެ ގައުމުގެ ސަރުކާރުން ދަނީ އާއްމު ކުރަމުންނެވެ. މި ހިސާބުތައް ދައްކާ ގޮތުގައި، މަރުވާ، ނުވަތަ ފަރުވާ ދޭ ގިނަ މީހުންނަކީ ބަލިން ރައްކާތެރިވުމަށް ވެކްސިން ދޭ މީހުންނެވެ.

މި ގޮތަށް ދިމާވަނީ، އެ ޤައުމުގެ އާބާދީގެ ބޮޑު ބައެއް ވެކްސިން ޖަހައިފައި ތިބުމުންނެވެ.

އެ ޤައުމުގެ ސިޔާސީ ބައެއް ބޭފުޅުން ވެސް ހިމެނޭ ގޮތަށް ވެކްސިނާ ދެކޮޅު ފަރާތްތަކުން ދަނީ ވެކްސިން މަސައްކަތް ނުކުރާ ކަމަށް ބުނެ ނުބައި މައުލޫމާތު ފަތުރަމުންނެވެ. އަދި ވެކްސިނަކީ ސްކޭމެއް ކަށާއި  ވެކްސިންގެ ނާޖާއިޒު ފައިދާ ނަގާ ކަމަށް ބުނެ ދޮގު ވާހަކަތައް މީސްމީޑިއާގައިވަނީ ފެތުރިފައެވެ.

އޮސްޓްރޭލިއާގައި ކޮވިޑް-19 ޖެހިގެން ބޮޑުވަރުވާ، އަދި މަރުވާ ގިނަ މީހުންނަކީ ވެކްސިން ޖަހައިފައިވާ މީހުން ޑޭޓާއަށް ބަލާއިރު ނިއު ސައުތް ވޭލްސްގައި ނޮވެންބަރު 26އިން ފެށިގެން ޑިސެންބަރު 31އާ ހަމައަށް، 50 އަހަރުން މަތީގެ 128 މީހަކު ވަނީ އައިސީޔޫގައި ފަރުވާ ދީފައެވެ. މީގެ ތެރެއިން 97 މީހުންނަކީ ވެކްސިން ޖަހައިފައި ތިބި މީހުންނެވެ. ވެކްސިން ނުޖަހާ ތިބި މީހުންގެ ތެރެއިން ބޮޑު ވަރުވެފައި ވަނީ، 31 މީހަކަށެވެ.

ނިއު ސައުތް ވޭލްސްގެ އާބާދީގެ ބޮޑު ބައެއްވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. މިގޮތުން، އެ ސްޓޭޓްގެ 2,730,000 މީހުން ވެކްސިން ޖަހައިފައިވެއެވެ. ވެކްސިން ނުޖަހާ ތިބީ 34,000 މީހުންނެވެ. ވެކްސިން ޖެހި ކޮންމެ ލައްކައަކުން ބަލިވީ 3.55 މީހުންނެވެ. ނަމަވެސް ވެކްސިން ނުޖަހާ ކޮންމެ ލައްކައަކުން ބަލިވީ، 91.1 މީހުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!