ޚަބަރު

އިންތިޚާބުގެ ނަތީޖާއެއް ޤަބޫލެއް ނުކުރަން: އިދިކޮޅު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިއަދު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ނަތީޖާ ޤަބޫލު ނުކުރާ ކަމަށް އިދިކޮޅު ކޯލިޝަނުން ވިދާޅުވެއްޖެއެވެ.

Ads by STELCO

މިރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ، އިންތިޚާބުގެ ނަތީޖާ ޤަބޫލު ނުކުރާ ކަމަށާއި މައްސަލަތައް އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފައިވާ ކަމަށެވެ.

"މި ނަތީޖާ އަޅުގަނޑުމެން ޤަބޫލެއް ނުކުރަމޭ. އަޅުގަނޑުމެން ހުންނާނެ އިލެކްޝަން ކޮމިޝަނަށް މައްސަލަ ލާފަ. ލައިވްކޮށް ލައިފައި" ޝުޖާ ވިދާޅުވީ، އެމްޑީޕީން ވަނީ އިންތިޚާބާ ދިމާކޮށް، ނުފޫޒުގެ ބޭނުންކޮށް ވަޒީފާގެ ބިރު ދައްކައިފައި ކަމަށެވެ.

"މި ވަރަށް ނުފޫޒު ފޯރުވައިފައި އޮތް އިންތިޚާބުގެ ނަތީޖާ ޤަބޫލެއް ނުކުރާނަމެއް ނޫންތޯ"

އިންތިޚާބުގެ ނަތީޖާއިން "އިންޑިއާ އައުޓް" ކެންޕެއިނަށް ތާއީދު ނެތްކަން ހާމަވިތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝުޖާއު ވިދާޅުވީ، އެ ހަރަކާތަކީ ޤައުމީ ހަރަކާތެއް ކަމަށެވެ. އަދި މިއަދުގެ އިންތިޚާބުން ވެސް އެމްޑީޕީވީ ބަލި ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"މި ނަތީޖާއިން އެމްޑީޕީ ބައްޔޭވީ. އެމްޑީޕީ ބަލިވެފައި އޮތީ، ނުފޫޒާއި އާރާއިބާރާއި، ވަޒީފާގެ ބިރު ދެއްކުމާ، ހުރިހާ އެއްޗެއްގެ މައްޗަށް 200 ވޯޓް" ޝުޖާ ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ އިންތިޚާބުވެ ވަޑައިގެންނެވި އެމްޑީޕީގެ ކެނޑިޑޭޓް ރާޝިދަށް ޕީޕީއެމްގެ ލީޑަރޝިޕުން ވަނީ މަރުޙަބާ ކިޔައިފައެވެ.

Ads by Ooredoo
  1. ފުވައްމުލަކުމިހާ

    ކޮންއަގައެއަރުވާކަކަލޭމެންވެސްހެދީހަމަތިބުނާގޮތައްމިފުވައްމުލަކުގަކަޅުފެހިއާމަސީހުއާހުސެންބޭބެތިންމީހުންހިއްނުރުހޭމީހަކައްވަޒީފާއެށްވެސްލިބިފަކާނެއްއައިކާޑައްވަޒީފާދިނީކިހާވަރަކައްބިރުދެއްކީ

  2. ރާބޮނދި

    ގަބޫލު ނުކުރީމަ ވާނީ ކީއް!! ތެޅި ތެޅި ތިބެން ޖެހޭނީ.. ދެން ލަލަލާ…

  3. ޖާނޭ

    ބަލަގަ! އެމީހުން ގޯސްކޮށް ކަންތައް ކުރާތީ ރަގަޅު ކުރުމަށޭ ކަލޭމެން ގެނައީ. ނަމަވެސް ތިޔަބުނާގޮތުން އެމީހުން ކުރީތީއޭ ކިޔައިގެން ކަލޭމެން ގޯސް ހެދީމަ އެކަން ގޯހަކަށް ނުވާނެތަ؟ ގޯސް ކަމެއް ރަގަޅުކަމަކަށް ހެދޭނެ އެއްވެސް ގޮތެއް ނުއޮންނާނެ. ނުފޫޒު ފޯރުވިކަން އެންމެންވެސް ޤަބޫލު ކުރޭ. ރުޅިއަންނާނެކަން އެނގޭ.