ޚަބަރު

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން: ދާއިމީ ނަތީޖާ އިއުލާންކޮށްފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން
އީސީގެ ރައީސް ފުއާދު ތައުފީގު--

ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ށ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ދާއިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން މިއަދު އިޢުލާންކޮށްފިއެވެ.

Ads by MWSC

މި ވާދަވެރި އިންތިހާބުގައި ތިން ކެނޑިޑޭޓަކު ވާދަ ކުރެއްވިއެވެ. އެއީ ޕީޕީއެމްގެ ކެނޑްިޑޭޓް އުސްތާޒް މޫސާ ފަތުޙީ އާދަމާއި، އެމްޑީޕީ ކެންޑިޑޭޓް މުޙައްމަދު ރާޝިދުގެ އިތުރުން އެމްއެންޕީގެ ކެންޑިޑޭޓް ޢަބްދުލްޙަންނާން އިދުރީހެވެ.

އީސީން އާންމު ކުރި ދާއިމީ ނަތީޖާއަށް ބަލާއިރު އިންތިޚާބު ކާމިޔާބު ކުރެއްވި ރާޝިދަށް ލިބިވަޑައިގަތީ 1،401 ވޯޓެވެ. ފަތުޙީއަށް 1،161 ވޯޓު ލިބިވަޑައިގެންނެވިއިރު ޙަންނާނަށް 323 ވަނީ ލިބިފައެވެ.

ދާއިމީ ނަތީޖާ އިޢުލާންކުރުމަށް ބާޖަމާލުއްދީންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވީ އިންތިޚާބުގެ ކަންކަން ދިޔައީ ޑިމޮކްރަސީގެ ރޫހާ އެއްގޮތަށް ކަމަށެވެ.

ނަމަވެސް މި އިންތިހާބަށް ނުފޫޒު ފޯރުވުމަށް ޓަކައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ. އެގޮތުން އިންތިހާބާ ދިމާކޮށް ކޮމަންޑު ދާއިރާގައި ކުއްލިއަކަށް ގިނަ މަޝްރޫއުތައް އިއުލާނު ކުރި ކުރުން، އިދިކޮޅުން ސިފަ ކުރީ ނުފޫޒު ފޯރުވުމުގެ އަމަލެއްގެ ގޮތުގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!