Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އަފްހާމްގެ މަރުގެ މައްސަލައިގައި ފުލުހުންގެ ޓީމެއް ލަންކާއަށް

އަފްހާމްގެ މަރުގެ މައްސަލައިގައި ފުލުހުންގެ ޓީމެއް ލަންކާއަށް

އަވަށްޓެރި ލަންކާގައި ތޫނު އެއްޗަކުން ހަމަލާދީ މަރައިލައި، އެއްލައިލައިފައިވާ އުމުރުން 24 އަހަރުގެ އަފްހާމް ނަސީރުގެ މަރުގެ މައްސަލައިގައި ރާއްޖޭގެ ފުލުހުންގެ ޓީމެއް ލަންކާއަށް ދިއުމަށް ހަމަޖެހިއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ، ފުލުހުންގެ ޓީމެއް ލަންކާއަށް ދަނީ އަފްހާމް މަރައިލައިފައިވާ މައްސަލައާ ގުޅިގެން، އެ މައްސަލައިގައި ކަން ހިނގައިފައިވާ ގޮތް އޮޅުންފިލުވުމުގެ އިތުރުން އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ބަލައި އެ ކަންކަން ކުރުމަށް ޓަކައި ކަމަށެވެ.

ލަންކާ ފަސްޓް ނޫހުން އާއްމުކޮށްފައިވާ ވީޑިއޯގައިވާ ގޮތުން، ވެއްލަވައްތަގެ ބީޗު ސަރަހައްދުން މި މަހުގެ 5 ވަނަ ދުވަހު ވަނީ ދެ މީހެއްގެ ހަށިގަނޑު ފެނިފައެވެ. އޭގެ ތެރެއިން އެކަކަކީ އެއިރު ގެއްލިގެން ހޯދަމުން ދިޔަ އަފްހާމްގެ ހަށިގަނޑު ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

Advertisement
Ooredoo — Square (box)

އަފްހާމްގެ ހަށިގަނޑު ކައިރިން ކަޅު ދަބަހަކާއި ވަޅިއެއް ވެސް ވަނީ ފެނިފައެވެ.

މިކަމާ ގުޅިގެން ފުލުހުން އިއްޔެ ވިދާޅުވީ އަފްހާމްގެ މަރުގެ މައްސަލަ ސަމާލުކަމަށް އައިސްފި ކަމަށާއި އެކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް