ޚަބަރު އިޖުތިމާޢީ

މާފުށީ ޖަލުގައި ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި މިހާރު ތިބީ 27 މީހުން

ރައުފާ ރަޝީދު ، ދެން އޮންލައިން

ކ. މާފުށީ ޖަލުގައި ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި މިހާރު ތިބީ 27 މީހުން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ.

Ads by Hajj Corporation

އެ އިދާރާއިން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މާފުށީ ޖަލުން 2 އޮފިސަރަކާއި 25 ގައިދީން ވަނީ ކޮވިޑަށް ފައްސިވެފައިވެއެވެ.

މާފުށީ ޖަލުގައި މަސައްކަތްކުރާ އޮފިސަރުންތަކަކާއި ޖަލުގައި ތިބި ގައިދީންތަކެއް ކޮވިޑަށް ފައްސިވުމާ ގުޅިގެން، ޖަލު ކުއްލި ހާލަތަށް ގެނެސްފައި ވަނީ މިދިޔަ 14ވަނަ ދުވަހުއެވެ. މާފުށީ ޖަލުން އެންމެ ފުރަތަމަ ފައްސިވެފައި ވަނީ އަލާމާތްތައް ހުރެގެން ސުންކު ނެގި އޮފިސަރުންނާއި ގައިދީންނެވެ.

މި ހާލަތާ ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އެ ސަރވިސްއިން ކަނޑައަޅައިފައިވާ އުސޫލުތަކުގެ ދަށުން މާފުށީ ޖަލުގައި ވަނީ ފިޔަވަޅުތައް އަޅައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!