Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ތެލުގެ އަގަށް އަނެއްކާ ވެސް ބަދަލު ގެނެސްފި

ތެލުގެ އަގަށް އަނެއްކާ ވެސް ބަދަލު ގެނެސްފި

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި , ފިއުލް ސަޕްލައި މޯލްޑިވްސް \އިން ވިއްކަމުން އަންނަ ތެލުގެ އަގުތަކަށް ބަދަލު ގެނެސްފިއެވެ.

އެސްޓީއޯއިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހިފެހެއްޓުމެއްނެތި އުފުލެމުންދާ ކަމަށާއި އެކަމުގެ ސަބަބުން، އެ ކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގު ވެސް އެތައް ގުނައެއް އުފުލިފައިވާ ކަމަށެވެ.

އެސްޓީއޯއިން ބުނީ 13 ފެބްރުއަރީ 2022ވަނަ ދުވަހުން ފެށިގެން ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަންތަކުން ތެޔޮ ލިބޭނެ އަގުތަކަށް ބަދަލު ގެންނަން ނިންމައިފައިވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

މާދަމާއިން ފެށިގެން އެފްއެސްއެމް މެދުވެރިކޮށް ޕެޓްރޯލް ލީޓަރެއް ލިބޭނީ 12.98ރ.އަށް ކަމަށާއި ޑީސަލް ލީޓަރެއް ލިބޭނީ 13.04ރ. އަށް ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

އެންމެ ފަހުން އެސްޓީއޯއިން ތެލުގެ އަގު ބޮޑު ކުރީ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އެފަހަރު ޕެޓްރޯލް ލީޓަރެއްގެ އަގު 11.16ރ. އަށް ބޮޑުކުރި އިރު ޑީސަލް ލީޓަރެއްގެ އަގު 11.84ރ. އަށް ބޮޑުކޮށްފައިވެއެވެ.

އެސްޓީއޯ އިން ބުނީ އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެ ކުންފުނިން ފޯރުކޮށްދޭ އެންމެހައި ޚިދުމަތްތައް ހުއްޓުމެއް ނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިއުމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް