Wednesday, 11 November 2026
Advertisement
HDC — Share-Below (leaderboard)
މުނިފޫހިފިލުވުން

އެންމެ ފަހުގެ ޗެޕްޓަރ "ހިންތަ"އާ އެކު "މަޒްލޫމް"އަށް އިންސާފުވެރި ނިމުމެއް!

އެންމެ ފަހުގެ ޗެޕްޓަރ "ހިންތަ"އާ އެކު "މަޒްލޫމް"އަށް އިންސާފުވެރި ނިމުމެއް!

ބައިސްކޯފުގައި އެންމެ ފަހުން ދައްކަން ފެށި ސީރީޒްތަކުގެ ތެރެއިން "މަޒްލޫމް"އަކީ ގިނަ ބައެއްގެ ތަރުހީބު ލިބެމުން އައި ކާމިޔާބު ސީރީޒެކެވެ.

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އިލްޔާސް ވަހީދު (އިއްލެ) ލިޔެ ޑައިރެކްޓުކުރި މި ސީރީޒް ބަހައިލައިފައި ވަނީ ހަތަރު ޗެޕްޓާއެއްގެ މައްޗަށެވެ. އެއީ މަޒްލޫމް، ޒައްރޫކް، މިންޖު އަދި ހިންތައެވެ.

މަޒްލޫމްގެ އެންމެ ފަހު ޗެޕްޓަރ "ހިންތަ" މި މަހުގެ 12ވަނަ ދުވަހުގެ ރޭ ރިލީޒް ކޮށްފައިވާ އިރު، އެ އެޕިސޯޑަށް ވަނީ އޭގެ ކުރީ އެޕިސޯޑުތަކަށް ވުރެ ހޫނު ތަރުހީބެއް ލިބިފައެވެ.

Advertisement
Allied Insurance — Square (box)

މީސް މީޑިއާގެ އެކިއެކި މަންސަތައް މެދުވެރިކޮށް އެތައް ބަޔަކު ވަނީ އިއްލެއަށާއި މި ސީރީޒްގައި ހަރަކާތްތެރިވި ހުރިހާ ތަރިންނަށް ވެސް ސަނާ ކިޔައިފައެވެ.

އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ މި ސީރީޒްގައި މުހިންމު ރޯލުތަކެއް އަދާކުރި މަރިޔަމް އައްޒަ (ހަމްޝާ)، ރަވީ ފާރޫގް (ޒަކީ) އަދި އައިޝާ އަލީ (ޒާރާ) ގެ މޮޅު އެކްޓިންނެވެ. މި ތިން ތަރިންގެ އިތުރުން ލާކް (ރައު)، އަލީ އުސާމް (އަރޫޝް)، ހަސަން ސާމިހް މުހައްމަދު (ޝާން)، އަލީ ޔޫޝާއު (ޔޫއްޓެ) ގެ އިތުރުން އަހްމަދު ޝައްމާން (މިގްދާދް) ވެސް ވަނީ މި އެޕިސޯޑުގައި ވަރަށް ކުޅަދާނަ އެކްޓިންއެއް ދައްކުވައިދީފައެވެ.

ސްޕޮއިލާއަކާ ނުލައި "ހިންތަ"އާ ބެހޭގޮތުން އިތުރު މައުލޫމާތެއް ދޭން ނަމަ ބުނެވޭނީ، މިއީ ވެސް މުޖުތަމައުގައި މި ފަހަކަށް އައިސް (މަދުން ނަމަވެސް) ކުރިމަތިވަމުން އަންނަ މައްސަލައަކާ ގުޅޭގޮތުން ހަދައިފައިވާ ވާހަކައެއްގެ މައްޗަށް ބިނާ ކޮށްފައިވާ އެޕިސޯޑެއް ކަމަށެވެ. މީގެ އިތުރުން، މި އެޕިސޯޑުގައި ވަނީ "މަޒްލޫމް"ގެ މީގެ ކުރިން ދެއްކި ތިން އެޕިސޯޑުން ދައްކުވައިދިން ވާހަކަތަކާ ވެސް ގުޅުވައިލައި، ވަރަށް އިންސާފުވެރި ނިމުމެއް ގެނެސްދީފައެވެ.

"މަޒްލޫމް"ގެ މާނައަކީ "ވިކްޓިމް"އެވެ. އިއްލެގެ ތަފާތު ވިސްނުމާއެކު އުފެއްދި މި ސީރީޒްގެ ހަތަރު އެޕިސޯޑުން ވަރަށް ފުރިހަމައަށް ވިކްޓިމްތައް ދައްކުވައިދީފައި ވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.