Monday, 2 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މަޑިވަރު އެއާޕޯޓް ރަސްމީކޮށް ހުޅުވައިފި

މަޑިވަރު އެއާޕޯޓް ރަސްމީކޮށް ހުޅުވައިފި

ޅ. މަޑިވަރުގައި ތަރައްގީކޮށްފައިވާ އެއާޕޯޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

އަންނަ ހަފްތާގައި މަޑިވަރަށް ޝެޑިއުލްދަތުރުތައް ފަށާއިރު، މާލެއިން މަޑިވަރަށް އެއްކޮޅު ދަތުރުގެ އަގަކީ 1029 ރުފިޔާއެވެ.

ޖުމްލަ 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ކުރެއްދޫ ހޯލްޑިންސްއިން 1.2 ކިލޯމީޓަރުގެ ރަންވޭއަކާ އެކު ތަރައްގީކުރި މަޑިވަރު އެއާޕޯޓް ހިންގަން ރާއްޖޭގެ ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް)އާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މަހުގެ ތެރޭގައެވެ.

Advertisement
HDC — Sidebar (box)

މަޑިވަރުގެ ދަތުރުތައް އިފްތިތާހު ކޮށްދެއްވުމަށް ރައީސް ޞާލިޙް މިއަދު މޯލްޑިވިއަންގެ ފްލައިޓެއްގައި މަޑިވަރަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް)ގެ އިސްވެރިންނާއި ކުރެއްދޫ ހޯލްޑިންގްސްގެ ވެރިންނާ މަޑިވަރު އެއާޕޯޓްގެ އިސްވެރިންނެވެ.

މަޑިވަރު އެއަރޕޯޓަކީ ވޭތުވެދިޔަ ސަރުކާރުން ފެއްޓެވި މަޝްރޫއެކެވެ. ތިމާވެއްޓަށް ގެއްލުންވާ ކަމަށް ބުނެ އެމްޑީޕީން އޭރު މި އެއަރޕޯޓްއެޅުމާ ދެކޮޅަށް ތަފާތު ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފައި ވެއެވެ. އެއަރޕޯޓްގެ މެނޭޖަރުކަމަށް ހަމަޖެއްސެވީ ވެސް އެ ހަރަކާތްތަކުގެ އިސްސަފުން ފެނުނު މީހެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް