Monday, 2 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މަޑިވަރު ޓިކެޓުގެ އަގަށް ރަނގަޅު ހައްލެއް ހޯދައިދޭނަން: ރައީސް

މަޑިވަރު ޓިކެޓުގެ އަގަށް ރަނގަޅު ހައްލެއް ހޯދައިދޭނަން: ރައީސް

ޅ. މަޑިވަރު އެއަރޕޯޓަށް ކުރާ ދަތުރުތަކުގެ ޓިކެޓްތަކުގެ އަގުބޮޑުކަމުގެ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ނައިފަރުގައި ސަރުކާރުން ތަރައްޤީކޮށްފައިވާ 100 ހައުސިންގ ޔުނިޓުގެ މަސައްކަތް ނިންމައި ކައުންސިލާ ޙަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ޓިކެޓުގެ އަގުގެ މައްސަލައިގައި ރައްޔިތުންގެ ކަންބޮޑުވުމެއް އެބައޮތް ކަމަށެވެ. އަދި އައިލެންޑް އޭވިއޭޝަނާ މަޝްވަރާކުރުމަށް ފަހު ޓިކެޓުގެ އަގަށް ރަނގަޅު ހައްލެއް ލަސްތަކެއް ނުވެ ގެނައުމުގެ މަސައްކަތް ކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

“އިރާދަކުރެއްވިއްޔާ އަޅުގަނޑު އައިލެންޑް އޭވިއޭޝަނާ އެވާހަކަ ދައްކާ އެކަމަށް ރަނގަޅު ހައްލެއް ލަސްތަކެއްނުވެ ގެނައުމުގެ މަސައްކަތް އަޅުގަނޑުކޮށްދޭނަން" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މަޑިވަރު އެއަރޕޯޓަށް ދަތުރުކުރުމަށް މިވަގުތު ކަނޑައަޅައިފައިވާ އަގާ މެދު އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ. އަދި ކޮޅަކަށް 1029 ރުފިޔާ ހަރަދުކުރަން ޖެހުމަކީ އެ އަތޮޅުގެ ރައްޔިތުންނަށް ބަލައިގަންނަން އެހައި ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

“"ރައްޔިތުންގެ ކަންބޮޑުވުމެއް އެބައޮތް އެކަމުގައި. ޓިކެޓުގެ އަގުގެ މައްސަލަ. މި ހިސާބަށް އަންނަން 1029 ރުފިޔާ ކޮޅަކަށް ޚަރަދުކުރަން ޖެހުނީމަ އެ ކުޑަކޮށް ބަލައިގަންނަން މިއަތޮޅުގެ ރައްޔިތުންނަށް ދަތި. އަޅުގަނޑު އަވަސް ހައްލެއް މިކަމަށް ގެނެސްދޭނަން” ރައީސް ވިދާޅުވިއެވެ.

ޖުމްލަ 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ކުރެއްދޫ ހޯލްޑިންސްއިން 1.2 ކިލޯމީޓަރުގެ ރަންވޭއަކާ އެކު ތަރައްގީކުރި މަޑިވަރު އެއާޕޯޓް ހިންގަން ރާއްޖޭގެ ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް)އާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މަހުގެ ތެރޭގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް