ޚަބަރު

އެމްއެންޔޫ މެޑިސިން ސްކޫލުގައި ބުލީކުރާ މައްސަލަ ބަލަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން ހިންގަމުން އަންނަ މެޑިސިން ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންތަކަކަށް ބުލީ ކުރާ މައްސަލަ ބަލަމުންދާ ކަމަށް އެ ޔުނިވަރސީޓީއިން ހާމަކޮށްފިއެވެ.

Ads by STELCO

އެމްއެންޔޫއިން މިއަދު ވިދާޅުވީ، ބުލީ ކުރާ މައްސަލައެއް ވައިސް ޗާންސެލަރަށް މި މަހުގެ 17 ވަނަ ދުވަހު ހުށަހަޅައިފައިވާ ކަމަށެވެ. އަދި ބުލީ ކުރުމަކީ ދަރިވަރުންގެ ކޯޑް އޮފް ކޮންޑަކްޓްގައި މަނާކަމެއް ކަމަށާއި މައްސަލަ ކޮމިޓީއަކުން ބަލާ، ފިޔަވަޅު އަޅަން ޖެހޭ ދަރިވަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް އެމްއެންޔޫއިން ވިދާޅުވިއެވެ. އަދި މައްސަލަ ނިމުމުން، މައްސަލަ ނިމުނު ގޮތް ދަރިވަރުންނާ ހިއްސާ ކުރާނެ ކަމަށް ވިދާޅުވިއެވެ.

މީސްމީޑިއާގައި ޚިޔާލުފާޅު ކުރި އެމްއެންޔޫގެ ދަރިވަރަކު ބުނެފައި ވަނީ ބްލީ ކުރަމުން އަންނަތާ މިހާރު ދެ އަހަރުވެފައިވާ ކަމަށާއި މި މައްސަލަ މެޑިސިން ސްކޫލްގެ ޑީންއަށް ހުށަހެޅުމުން ވެސް އަޅައިނުލާ ކަމަށެވެ. ބުލީ ކުރަނީ އެ ތަނުގައި ކިޔަވާ ދަރިވަރެއް ކަމަށް ޚިޔާލުފާޅު ކުރި ދަރިވަރު ބުނެފައިވެއެވެ.

Ads by Ooredoo
  1. އަބުރުގެ ދަޢުވާ

    ގަނާ ކުރެޔޭ ކިޔައިގެން މައްސަލަ މީސްމީޑިޔާގައި ލިޔާއިރު އެނގޭތަ ކޮންމެކަމެއްގައިވެސް ދުފުއްވާކަން. ތިބާގެ ޓުވީޓް ކިޔައިފިން. އެޓުވީޓްތަށްލިޔުނީ ސްކޫލް އޮފް މެޑިސިންގެ ހެޑްގެ ނަންވެސް ބޭނުންކޮށް ފިޔަވަޅުނޭޅިއްޔޭ ކިޔާފަ. ބަލަ މައްސަލަ ބަލާފަދޯ ކަމެއްކުރެވޭނީ. އޭގެކުރިންމީހުންގެ އަބުރު ކަތިލުމަކީ ތިކިޔާ ގަނާކުރުމެއްނޫންތަ. ދާންވީއެއްނު ޑރ ކަށިގަނޑު ކަރުގައި އަޅައިގެން މާލޭ މަގުތަކުގައި ބުރުޖަހާ އިސްތިހާރުވާން.