ކޮވިޑް-19ގައި އައްޑޫން މީހަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން އައްޑޫ ސިޓީ ފޭދޫ މީހަކު ނިޔާވެއްޖެއެވެ.
މިއީ އައްޑޫން މި ބަލީގައި ނިޔާވި 16ވަނަ މީހާއެވެ. މި ބަލީގައި ރާއްޖެއިން ޖުމްލަ 291 މީހަކު ނިހައިތަނަށް ވަނީ ނިޔާވެފައެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!