ޚަބަރު ދުނިޔެ

ރާނީ އެލިޒަބެތު ކޮވިޑަށް ފައްސި ވެއްޖެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރާނީ އެލިޒަބެތު

އިނގެރޭސި ރާނީ އެލިޒަބެތު ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

Ads by STELCO
Ads by Sosun Fihaara

ރާނީ އެލިޒަބެތަށް ކޮވިޑް ޖެހިފައި މި ވަނީ އެ ކަމަނާގެ އުމުރުފުޅުން 95 އަހަރުވެފައި ވަނިކޮށެވެ. އެކަމަނާގެ ކިބައިން ބަލީގެ އާދައިގެ އަލާމަތްތައް ފެންނަން ހުރި ނަމަވެސް، ހާލުކޮޅު ގޯސް ނޫން ކަމަށް ބަކިންހަމް ޕެލަސްއާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ބަކިންހަމް ޕެލަސްއިން ބުނީ، ރާނީ ކޮވިޑްގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރައްވާނެ ކަމަށާއި، އަދި "ލުއި ޑިއުޓީތައް" އަދާ ކުރެއްވުމުގައި ދެމި ހުންނަވާނެ ކަމަށެެވެ.

ސީއެންއެންއިން ރިޕޯޓް ކުރާ ގޮތުގައި، ރާނީއާއި އެ ކަމަނާގެ ފިރިކަލުން ޕްރިންސް ފިލިޕް، 2021ވަނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި ކޮވިޑް ބަލިން ދިފާއުވާން ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކުރެއްވިއެވެ. އެހެން ނަމަވެސް ފަހުން ދެވަނަ ޑޯޒް ޖެއްސެވިކަމެއް ނުވަތަ ނޫން ކަމެއް ބަކިންހަމް ޕެލަސްއިން ހާމައެއް ނުކުރެއެވެ.

އެލިޒަބެތު ކޮވިޑަށް ފައްސިވިއިރު، އެކަމަނާގެ  ދަރިކަލުން ޕްރިން ޗާލްސްއަށް ވަނީ ދެފަހަރަށް މި ބަލި ޖެހިވަޑައިގެންފައެވެ. ޗާލްސްއަށް ދެވަނަ ފަހަރު ކޮވިޑް ޖެހިވަޑައިގެންނެވިކަން އިއުލާނު ކުރީ މީގެ 10 ދުވަސް ކުރިންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!