ޚަބަރު

ތިންވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 120،000އިން މައްޗަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ކޮވިޑް-19 ބަލިން ދިފާއުވުމަށް ޓަކައި ރާއްޖޭގައި ދޭން ފެށި ތިންވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 120،000އިން މައްޗަށް އަރައިފިއެވެ.

Ads by STELCO

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިތުރު 1795 މީހަކު ބޫސްޓަރ ޑޯޒް ޖެހިއިރު، މި ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 120،191އަށް އަރައިފައެވެ.

މާލެ ސަރަހައްދުން އިތުރު 399 މީހުން ތިންވަނަ ޑޯޒް ޖެހިއިރު، އަތޮޅުތެރެއިން 1396 މީހަކު ވަނީ ތިންވަނަ ޑޯޒް ޖަހައިފައެވެ.

މީގެ އިތުރުން އަލަށް ފުރަތަމަ ޑޯޒް ޖެހި 16 މީހުންނާ އެކު، މި ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު ވަނީ 398،088އަށް އިތުރު ވެފައެވެ. އަދި އިތުރު 55 މީހުން ދެވަނަ ޑޯޒް ޖަހައިފައިވާ އިރު، މި ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 370،765އަށް އިތުރު ވެފައެވެ.

ރާއްޖޭގައި "އޮމިކްރޯން" ވޭރިއަންޓް ފެނި، ބަލީގެ ވޭދަނަތައް އިތުރުވަމުން ދިޔުމާ ގުޅިގެން އެޅި ބައެއް ފިޔަވަޅުތަަކަށް އެޗްޕީއޭއިން ލުއި ދީފައިވާ އިރު، ޕީސީއާރް ޓެސްޓް ނުހަދައި، މިއަދުން ފެށިގެން އަތޮޅު ތެރެއަަށް ދަތުރު ވެސް ކުރެވޭނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!