Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ސަލްމާން މިސްކިތް ރޯދައަށް ހުޅުވަނީ

ސަލްމާން މިސްކިތް ރޯދައަށް ހުޅުވަނީ

މާލޭގައި ބިނާކޮށްފައިވާ ކިންގ ސަލްމާން މިސްކިތް މި ރޯދަ މަހަށް ހުޅުވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މި އަހަރުގެ ރަމަޟާން މަހު ސަލްމާން މިސްކިތުގައި ނަމާދު ކުރެވޭނެ އިންތިޒާމުތައް ހަމަޖެހިގެން ދާނެ ކަމަށެވެ.

މީގެ އިތުރުން އެ މިސްކިތަށް މުވައްޒަފުން ހޯދުމަށް އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ އިއުލާނު ވެސް ކޮށްފައެވެ.

Advertisement
Ooredoo — Square (box)

ސައުދީ ރަސްގެފާނުގެ ދީލަތި އެހީގެ ދަށުން ބިނާ ކުރަން ފެށި މި މިސްކިތުގެ ބޮޑު ބައި، ކުރީ ސަރުކާރުގައި ވަނީ ނިންމައިފައެވެ. އަދި މި މިސްކިތް ހުޅުވާނެ ތާރީޚަކާ ގުޅޭ ގޮތުން މި ސަރުކާރުން ވަނީ މީގެ ކުރިން އެތައް ތާރީޚެއް ދީފައެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު މީގެ ކުރިން ވިދާޅުވީ ރޯދަ މަހަށް ވެސް މިސްކިތް ހުޅުވޭނީ ބޭނުންވާ ވަސީލަތްތަކާއި ތަކެތި ގަތުމަށް ބޭނުންވާ ބަޖެޓް ހަމަޖެހިގެން ކަމަށެވެ. އެ ބަޖެޓު ދޭނެ ކަމަށް ފިނޭންސް މިނިސްޓްރީން އިސްލާމިކް މިނިސްޓްރީއަށް ފަހުން ވަނީ އަންގައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް