ޚަބަރު އިޖުތިމާޢީ

ރޯދަމަސް ފެށެން ވާއިރަށް، މާލޭގެ މިސްކިތްތަކުގައި ސީސީޓީވީ ހަރުކޮށް ނިމޭނެ: މުއިއްޒު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު

މާލެއާއި ވިލިމާލޭގެ މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް، ކުރިއަށް އޮތް ރަމަޟާން މަސް ފެށެންވާއިރަށް ނިންމައިލެވޭނެ ކަމަށް މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by MWSC

މާލެ ސަރަހައްދުގެ މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން، ހުރިހާ މިސްކިތެއްގައި ވެސް ސީސީޓީވީ ކެމެރާ ހަރުކުރުމަށް ސިޓީ ކައުންސިލުން ވަނީ މަސައްކަތް ފަށައިފައެވެ.

މޭޔަރު ވިދާޅުވީ ހުރިހާ މިސްކިތެއްގެ އެތެެރެއާއި ބޭރުގައި ވެސް ކެމެރާ ހަރު ކުރާނެ ކަމަށާއި، މި މަސައްކަތް ރޯދައަށް ނިންމައިލެވޭނެ ކަމުގައެވެ.

މިސްކިތްތަކުގައި ސީސީޓީވީ ހަރުކުރަން ފެށި އިރު، މާލޭގެ ބައެއް މިސްކިތްތަކުގައި ނޭދެވޭ އަމަލުތައް ހިންގުން ފަހަކަށް އައިސް އިތުރު ވެގެން ދިޔައެވެ.

އެގޮތުން މަސްތުގެ ހާލަތުގައި ތިބޭ މީހުން މިސްކިތްތަކުގައި ނިދާ މައްސަލަ ބޮޑުވެފައިވާ އިރު، މިސްކިތްތަކަށް ކުޅު ޖެހުން ފަދަ ކަންކަން ވެސް ހިނގަމުން ދެއެވެ.

Ads by Ooredoo
  1. ސާބަސް މުއިޒޫ