Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ވެލެންސިއާގެ ޑިފެންޑަރު ޑަކްސަން ދަންޖެހިގެން މަރުވެއްޖެ

ވެލެންސިއާގެ ޑިފެންޑަރު ޑަކްސަން ދަންޖެހިގެން މަރުވެއްޖެ

ކްލަބް ވެލެންސިއާއަށް ކުޅޭ ލަންކާގެ ގައުމީ ޓީމުގެ ޑިފެންޑަރެއް ކަމަށްވާ ޑަކްސަން، ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނިއްޖެއެވެ.

ވެލެންސިއާގެ އޮފިޝަލަކު ވަނީ އެކަން ޔަގީން ކޮށްދީފައެވެ.

ޤައުމީ ޓީމަށް ވެސް ކުޅޭ ޑަކްސަން މަރުވެފައި ހުއްޓާ ފެނުނީ އޭނާ ދިރިއުޅޭ އެޕާޓްމަންޓުންނެވެ.

Advertisement
Allied — Dhen Online (box)

އޭނާގެ މަރުގެ މައްސަލަ މިހާރު ވަނީ ފުލުހުންގެ ސަމާލު ކަމަށް ގެނެސްފައި ކަމަށް ވެސް އޮފިޝަލު ބުންޏެވެ. ނަމަވެސް އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާ މިއަދު ހަވީރު ގްރާންޑޭއާ ދެކޮޅަށް މެޗެއް ކުޅެފައިވާ އިރު، އެ މެޗުން ވެސް ޑަކްސަން ފެނިފައެއް ނުވެއެވެ.

ޑަކްސަންއަކީ މޮޅު ކުޅުމެއް ދައްކުވައިދީފައިވާ، ވެލެންސިއާއަށް މުހިންމު ކުޅުންތެރިއެކެވެ.

މާތްﷲ ވަހީ ކުރައްވާފައިވެއެވެ.

يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ ۚ وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا

މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! باطل ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ. އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ތިޔަބައިމީހުން قتل ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް