ކާޑެއްދޫ އެއަރޕޯޓް ވިލާ ކުންފުންޏާ ހަވާލުކޮށްފި
![](https://dhen.mv/wp-content/uploads/2022/03/villa-air-1536x759-1-850x548.jpeg)
ގދ. ކާޑެއްދޫ އެއާޕޯޓް ހިންގުން ވިލާ ކުންފުންޏާ ހަވާލުކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެއާޕޯޓުގެ އެއްބަސްވުމުގައި ވިލާ ގްރޫޕުގެ ފަރާތުން ސޮއި ކުރެއްވީ ޗެއާމަން ގާސިމް އިބްރާހިމެވެ.
ކާޑެއްދޫ އެއާޕޯޓްގެ ހިންގުން ވިލާއާ މި ހަވާލުކުރީ، ކޯޓުން އެ ގޮތަށް ނިންމާފައިވާތީއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ އެއަރ ކުންފުންޏަށް ކާޑެއްދޫ އެއަރޕޯޓް ހިންގަން 50 އަހަރަށް 2013ވަނަ އަހަރު ދީފައި ވަނިކޮށް އެ އެއްބަސްވުން ބާތިލުކުރީ ރައީސް ޔާމީންގެ ސަރުކާރުގައި 2107ވަނަ އަހަރުގެ ތެރޭގައެވެ. އެއްބަސްވުން ބާތިލުކޮށް އެއަރޕޯޓް އަތުލަން ސަރުކާރުން ނިންމީ ސިވިލް އޭވިއޭޝަންގެ މިންގަޑުތަކާ ޚިލާފަށް ހިންގާތީއެވެ.
އެހެން ނަމަވެސް އެއާޕޯޓް އަނބުރާ ދޭން ސިވިލް ކޯޓުން 2018ވަނަ އަހަރު ހުކުމް ކުރުމުން ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ އެ ހުކުމަށް ތާއީދުކޮށްފައެވެ.
ވިލާ އަތުން ކާޑެއްދޫ އެއާޕޯޓު އަތުލުމުން، މިއަދާ ހަމައަށް އެ އެއާޕޯޓް ހިންގަމުން އައީ ރީޖަނަލް އެއާޕޯޓްސް އިންނެވެ.