ޚަބަރު

ކާށިދޫގައި ކުރިޔަށްގެންދާ ހެލްތް އެންޑް ފިޓްނެސް ޕްރޮގްރާމް ފަށައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އެމްޖީ ސްޕޯޓްސް ކްލަބުން އިންތިޒާމުކޮށްގެން ކ. ކާށިދޫގައި ބާއްވާ ހެލްތު އެންޑް ފިޓްނެސް އެވެއަރނެސް ޕްރޮގްރާމު ފަށައިފިއެވެ.

Ads by Sosun Fihaara

އެމްޖީ ސްޕޯޓްސް ކްލަބާއި، ކ. ކާށިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ކުރިޔަށްގެންދާ މި ޕްރޮގްރާމް  ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 3ވަނަ ދުވަހުން ފެށިގެން 5ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮގްރާމު ކުރިޔަށް ގެންދަނީ "ވޯރިއޯސް އެރީނާ"އާ ވެސް ގުޅިގެންނެވެ. 

އެމްޖީ ސްޕޯޓް ކްލަބުން ބުނީ މި ޕްރޮގްރާމްގައި ޖުމްލަ 30 މީހުން ބައިވެރިވެފައިވާ ކަމަށާއި ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 6 ސެޝަނަކަށް ބަހައިލައިގެން ކަމަށެވެ. އަދި މި ޕްރޮގްރާމްގައި ކޮންމެ ބައިވެރިއެއް ވެސް ވަކިވަކިން ސިއްހީ ހާލަތު ހުރި ގޮތް ބެލުމުގެ ގޮތުން ޓެސްޓެއް ކުރެވޭނެ ކަމަށާއި ގޭގައި އަމިއްލައަށް ކަސްރަތު ކުރާނެ ގޮތާއި މީގެ އިތުރުން ވެސް ގިނަ ކަންތައްތައް ބައިވެރިންނާ ހިއްސާ ކުރާނެ ކަމަށް އެމްޖީ ސްޕޯޓް ކްލަބުން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!