ޔޫކްރެއިންގައި ބާކީ ތިބި ދިވެހިިން މިއަދު ރާއްޖެ އަންނާނެ: ފޮރިން މިނިސްޓްރީ
ޔޫކްރެއިންގައި ތިބި ދިވެހިންގެ ތެރެއިން ނާދެވިފައި ތިބި މީހުން މިއަދު ރާއްޖެ އަންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ ރާއްޖެ ނާދެވިފައި ތިބީ ހަ ދަރިވަރުންނާއި ތިން ކުދިން ހިމެނޭ އާއިލާއެއް ކަމަށެވެ. އަދި އެމީހުން މިހާރު ހަންގޭރީން ރާއްޖެއަށް ދަތުރު ފަށައިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ބެލާރުސްގައި ތިބި ހަ ދަރިވަރަކު އެނބުރި އައުމަށް އިޚްތިޔާރުކޮށް އެ ކުދީން ވެސް އެނބުރި ރާއްޖެއައުމުގެ މަގު ދިވެހި ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ. އެ ހަ ދަރިވަރުން ވެސް މި ހަފްތާގައި އެނބުރި އަންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ބެލަރޫސްގެ ތިން ސިޓީއެއްގައި ދިވެހި ދަރިވަރުން ތަޢުލީމު ޙާޞިލުކުރަމުންދާ ކަމަށާއި ހުރިހާ ސިޓީތަކެއްގައި ވެސް ޢާއްމު ގޮތެއްގައި ކްލާސްތައް ކުރިއަށްދާ ކަމަށެވެ.
މިނިސްޓްރީން ބުނީ ރަޝިޔާގައި އެންމެ ގިނަ ދިވެހި ދަރިވަރުން ކިޔަވަމުން އަންނަނީ ކުސްކް ސްޓޭޓް މެޑިކަލް ޔުނިވާސިޓީގައި ކަމަށާއި އެތަނުގައި އޮންލައިން ކްލާސްތައް ފަށައިފާނެކަމުގެ އުންމީދެއް މިހާރު ލިބިފައިވާ ކަމަށެވެ.
ރަޝިޔާގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުން ރާއްޖެ އަންނަ ބޭނުންވާ ނަމަ ސަރުކާރުން އެކަން ހަމަޖައްސައިދޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
ޢާދެވޭތަނެއް ނާދެވޭދޯ ަދިވެސް