Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކެލައިން 2000 ރުއް ބޭރު ކުރަން އުޅޭ ވާހަކަ ދޮގުކޮށްފި

ކެލައިން 2000 ރުއް ބޭރު ކުރަން އުޅޭ ވާހަކަ ދޮގުކޮށްފި

ހއ. ކެލައިން 2000 ރުއް ބޭރު ކުރަން އުޅުނު ކަމަށް ބުނެ ދެކެވުނު ވާހަކަ އެ ރަށު ކައުންސިލުން ދޮގު ކޮށްފިއެވެ.

ކެލާ ކައުންސިލުން ބުނި ގޮތުގައި އެ ރަށުން ގިނަ އަދަދެއްގެ ރުށް ބޭރުކުރަން އުޅޭ ކަމަށް ބުނެ އެ މައްސަލަ ފެންމަތިކުރީ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ބުލޫ ޕީސްގެ ފަރާތުން ކަމަށެވެ.

މިކަމާ ގުޅޭގޮތުން ކެލާގެ ހުރިހައި ކައުންސިލަރުން ސޮއި ކުރައްވައި ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެ ރަށުގައި ޕޮލިސް ސްޓޭޝަނެއް އެޅުމަށް ބިން ސާފުކުރުމާއި ރަށުގެ ފުޓްބޯޅަ ދަނޑު ހެދުމަށް ބޭނުންވާ ބިމެއް ސަރަހައްދު ސާފުކުރުމުގެ އިތުރުން އެ ރަށުގައި ހަދައިފައިވާ ގެސްޓް ހައުސްތަކަށް ދާން އޮންނަ މަގު ވެސް ސާފު ކުރުމުގެ މަސައްކަތް އެ ކައުންސިލުން ހިންގަމުންދާ ކަމަށެވެ.

Advertisement
HDC — Sidebar (box)

އަދި އެ މަސައްކަތްތައް ކުރަނީ އާންމުކޮށް އިއުލާންކޮށްގެން ހޯދައިފައިވާ "ދި އޮޕްޓިމިސްޓް" ނަމަކަށް ކިޔާ ކުންފުންޏަކަށް މިދިޔަ ފެބްރުއަރީ ހަވަނަ ދުވަހު މަސައްކަތް ހަވާލުކޮށްގެން ކަމަށް ވެސް ކެލާ ކައުންސިލުން ބުނެފައިވެއެވެ.

ކައުންސިލުގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އެ މަސައްކަތުގެ ދަށުން 138 ކުޑަ ރުކާއި 45 ބޮޑު ރުއް ހިމެނޭ ގޮތުން ޖުމްލަ 183 ރުއް އެ ސަރަހައްދުތަކުން ނަގާނެ ކަމަށެވެ.

"ބްލޫ ޕީސްއިން ތިމާވެށި ހިމާޔަތްކުރުމުގެ ނަމުގައި މިފަދަ ދޮގު ޚަބަރު ފެތުރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އަދި މިއީ ވަރަށް ޒިންމާދާރުކަން ކުޑަ ފިނޑިއަމަލެއް ކަމުގައި ދަންނަވަމެވެ." ކެލާ ކައުންސިލުގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ ކައުންސިލުން މިކަމާ ގުޅޭގޮތުން ބުނީ އެ ރަށުން ރުއްތައް ނަގަނީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީން (އީޕީއޭ)އާއި، އެގްރިކަލްޗާ މިނިސްޓްރީން ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް