ސިޓީ ކައުންސިލުން ޤުރްއާން މުބާރާތަކާއި މަދަހަ މުބާރާތެއް ބާއްވަނީ
މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު ގުރުއާން މުބާރަތަކާއި މަދަހަ މުބާރާތެއް ބޭއްވުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ސިޓީ ކައުންސިލުން ވަނީ މި ދެ މުބާރާތް ބާއްވަން ނިންމާފައިވާކަން ހާމަކޮށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފައެވެ.
ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ގުރުއާން މުބާރާތާއި މަދަހަ މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ދެ ގްރޫޕަކަށް ބަހައިލައިގެންނެވެ. އެއީ ސީނިއާ ގުރޫޕާއި ޖޫނިއާ ގުރޫޕެވެ.
ޤުރްއާން މުބާރާތާއި މަދަހަ މުބާރާތް ކުރިއަށްދާނީ ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުގެ ބައިންނެވެ.
މި މުބާރާތުގެ ޖޫނިއާ ގުރޫޕްގައި ބައިވެރިވެވޭ އުމުރު ފުރާތަކަކީ ހަ އަހަރުންދަށާއި ނުވަ އަހަރުންދަށް އަދި 13 އަހަރުންދަށެވެ. ސީނިއާ ގުރޫޕް ގައި ބައިވެރިވެވޭ އުމުރު ފުރާތަކަކީ 13 އަހަރުން މަތި، 16 އަހަރުންދަށް އަދި 19 އަހަރުން ދަށެވެ.
ސިޓީ ކައުންސިލުން ބާއްވާ ޤުރްއާން މުބާރާތާއި މަދަހަ މުބާރާތުގެ ކޮންމެ ގްރޫޕަކުން އެއްވަނައަށް އަންނަ ބައިވެރިއަކަށް 7000 ރުފިޔާ ދެވަނައަށް އަންނަ ބައިވެރިއަކަށް 5000 ރުފިޔާ އަދި ތިންވަނައަށް އަންނަ ބައިވެރިއަކަށް 3000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މުޅި މުބާރާތުން އެއްވަނައަށް 10،000 ރުފިޔާ ދެވަނައަށް 7000 ރުފިޔާ އަދި ތިންވަނައަށް 5000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކޮން ސީޓީއެއްގެ “ސިޓީ ކައުންސިލެއްހޭ” މަރިޔަނބާ