Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

700 މީހުންގެ ޖާގައިގެ މިސްކިތެއް މަނަދޫގައި އިމާރާތް ކުރަނީ

700 މީހުންގެ ޖާގައިގެ މިސްކިތެއް މަނަދޫގައި އިމާރާތް ކުރަނީ

ނ.މަނަދޫގައި އިތުރު މިސްކިތެއް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

އެގޮތުން މަނަދޫގައި މިސްކިތެއް ޢިމާރާތްކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ހަވާލު ކޮށްފައިވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓަޑާއެވެ. އެ ކުންފުންޏާ އެކު މިއަދު އިސްލާމިކް މިނިސްޓްރީން ވަނީ މި މަސައްކަތް ހަވާލު ކުރި ކަމުގެ އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފައެވެ.

އަފާމީ މޯލްޑިވްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލްފާޟިލް އަމީން މުޙައްމަދެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ، މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީއެވެ.

Advertisement
Ooredoo — Square (box)

އެއް އަހަރު ދުވަސްތެރޭގައި އެއް ފަންގިފިލާއަށް ޢިމާރާތްކުރާގޮތަށް ހަމަޖެހިފައިވާ މި މިސްކިތަކީ ދިވެހި ދައުލަތުން 15.7 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާ 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

އަންހެނުންނަށްވެސް ނަމާދުކުރެވޭނެ އިންތިޒާމް ކުރާގޮތަށް ހަމަޖެހިފައިވާ މި މިސްކިތް ޢިމާރާތް ކުރަން ނިންމީ މިވަގުތު ނ.މަނަދޫގައި ހުރި މިސްކިތްތަކުގެ ޖާގަ ކުޑަވެފައިވާތީ އާއި އަލަށް އާބާދުވާ ހިސާބުގައި މިސްކިތެއް ނެތުމުގެ ސަބަބުންނެވެ.

ނިމިދިޔަ އަހަރު ތައްޔާރުކުރި ޑިޒައިނަކަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މި މިސްކިތުގެ މަސައްކަތްތައް ނިމޭއިރު އިއާދަކުރަނިވި ޙަކަތަ ބޭނުންކޮށްގެން މިސްކިތް އޭސީކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެ މިސްކިތުގައި ފާޚާނާ، ވުޟޫކުރާބައި އާއި ގުދަނުގެ އިތުރުން މުންނާރެއް ވެސް ހުންނާނެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް