އިތުރު 1،622 މީހަކު ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒް ޖަހައިފި

އިތުރު 1،622 މީހުން ކޮވިޑް-19 ވެކްސިންގެ ތިންވަނަ ޑޯޒް ޖަހައިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނީ މިމަހުގެ 10 ވަނަ ދުވަހު އަތޮޅު ތެރެއިން 1081 މީހަކު ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހިއިރު، މާލެ ސަރަހައްދުން މި ޑޯޒް ޖެހި މީހުންގެ އަދަދަކީ 541 ކަމަށެވެ.
މިއާއެކު ތިންވަނަ ޑޯޒް ޖެހި މީހުންގެ އަދަދު މިވަނީ 142،339އަށް އަރައިފައެވެ.
އަދި އަލަށް ވެކްސިންގެ ފުރަތަމަ ޑޯޒް، 10 މީހަކު ޖެހިއިރު، އިތުރު 51 މީހަކު ވަނީ ދެވަނަ ޑޯޒް ޖަހައިފައެވެ.
ރާއްޖެއަށް އައި ކޮވިޑްގެ ހަތަރުވަނަ ރާޅާ އެކު ބަލީގެ ވޭދަނަތައް ވަރަށް ބޮޑަށް އިތުރު ވެގެން ދިޔަ ނަމަވެސް، ބައްޔަށް ފައްސިވާ މީހުންގެ އަދަދު މިހާރު ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން އިއްޔެ ކޮވިޑަށް ފައްސިވީ 172 މީހުންނެވެ.