Monday, 2 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

"އަގު ކަނޑައެޅުމުގެ ބާރު، ޓެކްސީތަކަށާއި ސެންޓަރުތަކަށް ލިބިގެނެއް ނުވޭ"

"އަގު ކަނޑައެޅުމުގެ ބާރު، ޓެކްސީތަކަށާއި ސެންޓަރުތަކަށް ލިބިގެނެއް ނުވޭ"

ޓެކްސީ ޚިދުމަތުގެ އަގު ކަނޑައެޅުމަކީ ޓެކްސީތަކަށާއި ސެންޓަރުތަކަށް ގަވައިދުގެ ތެރެއިން ލިބިގެންވާ ބާރެއް ނޫން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި މިހެން ބުނެފައި ވަނީ، ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން، ޓެކްސީ ދަތުރުތަކުގެ އަގު ބޮޑު ކުރުމަށް ޑްރައިވަރުން އެދުނު އެދުމާ އެއްގޮތަށް އެ ހުއްދަދީފައި ނުވާ ކަމަށް ބުނެ ސެންޓަރުތަކުން އަމިއްލައަށް ކަނޑައެޅި ބޮޑު އަގުގައި، ބައެއް ޑްރައިވަރުން ހިދުމަތްދޭން ފެށުމާ ގުޅިގެންނެވެ.

ތެލުގެ އަގަށް އައި ބަދަލާ އެކު ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރުމަށް އެދި 16 ސެންޓަރެއް ހިމެނޭ ގޮތުން މާޗް ހަތްވަނަ ދުވަހު ޓެކްސީ ޑްރައިވަރުންނާއި ސެންޓަރުތަކުން ޓެކްސީ ޚިދުމަތުން އަގު ނަގާނެ ގޮތާ ގުޅޭ ގޮތުން ސިޓީއެއް ލިބިފައިވާކަން ފާހަގަކޮށް ޓްރާންސްޕޯޓުން ބުނީ، ޓެކްސީ ހުއްދަ ދިނުމާއި އަގު ކަނޑައެޅުމަކީ ޚިދުމަތް ހޯދާ ފަރާތާއި ޚިދުމަތް ލިބިގަންނަ ފަރާތުގެ ހައްގުތައް ހިމާޔަތް ކުރެވޭ ގޮތަށް ކަނޑައަޅައިފައިވާ ކަމެއް ކަމަށެވެ.

Advertisement
Allied — Dhen Online (box)

މިނިސްޓްރީން ބުނީ ޓެކްސީ ގަވާއިދުގެ ދަށުން ކަނޑައަޅައިފައިވާ އަގަށް ވުރެ ބޮޑު އަގެއް ނުނެގުމަށާއި ޓެކްސީ ހިދުމަތަށް ބުރޫ ނާރާނެ ގޮތަށް ހިދުމަތް ދެމުން ގެންދިއުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ގަވާއިދުން ބާރު ލިބިގެން ކަނޑައަޅައިފައިވާ އަގަށް ވުރެ ބޮޑު އަގު ނަގާ ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކާ މެދު ފިޔަވަޅު އަޅަމުންގެންދާނެ ކަމަށް ބުނެ މީގެ ކުރިން މިނިސްޓްރީން ދިން އިންޒާރު ވެސް ވަނީ ތަކުރާރު ކޮށްފައެވެ.

މީގެ އިތުރުން ޓެކްސީ ޑްރައިވަރުން ހުކުރު ދުވަހު ކުރިއަށް ގެންދިޔަ އިހުތިޖާޖަށް ފަހުގައި، ޓެކްސީ ޚިދުމަތް ހުއްޓައިލުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ބޮޑެތި ދަތިތަކާއި ތަކުލީފު ކުރިމަތިވި ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ޓްރާންސްޕޯޓުން ވަނީ ޓެކްސީގެ ޚިދުމަތް ފޯރުކޮށްނުދޭ ނުވަތަ އަގު ބޮޑުކޮށް ދަތުރުކުރާ ފަރާތްތަކުގެ މަޢުލޫމާތު 7943434އަށް ވައިބަރ މެދުވެރިކޮށް މެސެޖުކުރުމަށް އެދިފައެވެ.

ޓެކްސީގެ ހިދުމަތުގެ އަގު ބޮޑު ކުރާނަމަ، ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ޓްރާންސްޕޯޓުން ދިން އިރު، ފުލުހުން ވެސް ވަނީ އެ އިންޒާރު ދީފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް