Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އަލްހާންގެ މައްސަލަ ފުލުހުން ބަލަން ފަށައިފި

އަލްހާންގެ މައްސަލަ ފުލުހުން ބަލަން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އިސްކޮށް ހުންނަވައި، އޭނާގެ ކުންފުނި “ކިންގްސް ފޮރެކްސް ޓްރޭޑިން”އިން ހިންގާ އިންވެސްޓްމަންޓް ފަންޑުގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ކިންގްސްގެ ފަންޑުގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޮޅުވައިލައިގެން ފައިސާ ހޯދުމަށް ތުހުމަތުކޮށް އަލްހާނުގެ ހިއްސާ އޮންނަ "ކިންގްސް ފޮރެކްސް ޓްރޭޑިން"ގެ އެކައުންޓް ބޭންކު އޮފް މޯލްޑިވްސްއިން ފްރީޒް ކޮށްފައި ވަނީ މި މަހުގެ 11ވަނަ ދުވަހުއެވެ.

Advertisement
HDC — Sidebar (box)

މިކަމާ ގުޅިގެން ކިންގްސް ފްރެކްސްއިން ނެރުނު ބަޔާނެއްގައި ބުނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓިން ނުސީދާކޮށް އެ ކުންފުންޏަށް އަމާޒުކޮށް ކުންފުނިން ފްރޯޑެއް ހަދަމުންދާ ކަމަށް ދޭހަވާ ގޮތަށް، ކުންފުނި ބަދުނާމުވާގޮތަށް ބަޔާން ނެރެ އެ ކުންފުނީގެ ގުޑްވިލް ހަލާކުކޮށްލައި އަގު ވައްޓައިލައި އިތުބާރު ގެއްލޭ ގޮތަށް ނެރުނު ބަޔާން ކުށްވެރި ކުރާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް