އަލްހާންގެ ކުންފުންޏަށް ޖިނާއީ ތަހުގީގެއް ކުރަނީ

އިންވެސްޓުކުރުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ގިނަ އަދަދަކަށް ފައިސާ ނެގުމުގެ ތުހުމަތުގައި ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ކުންފުންޏެއް ކަމަށްވާ ކިންގްސް ކެޕިޓަލް ހޯލްޑިން ކުންފުންޏާ މެދު ޖިނާއީ ތަހުގީގެއް ފުލުހުން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ ދިވެހިރާއްޖޭގައި އަމިއްލަ ކުންފުންޏަކުން ގިނަ އަދަދެއްގެ ރައްޔިތުންގެ މާލީ މަސްލަހަތަށް ބުރޫއަރާ ގޮތަށް ޕޮންޒީ ސްކީމަކާ އެއްގޮތްވާގޮތަށް މުއާމަލާތުތަކެއް ހިންގަމުންދާކަމަށް ކަމާ ބެހޭ އިދާރާތަކުން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ފުލުހުން ބެލިބެލުމުން، ޖިނާއީ ތަހުގީގެއް ކުރިއަށް ގެންދަން ޖެހޭ ފަދަ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވަނީ އާންމު ރައްޔިތުންގެ ތަފާތު މިއުޗުއަލް ފަންޑްސްއާއި، ސްކީމްތަކުގައި އިންވެސްޓުކުރުމުގައި، މިބާވަތުގެ ކަންކަމާގުޅޭ ފަންނީ މައުލޫމާތާއި މާކެޓް ރިސްކުތަކަށް ފަރުވާތެރިވުމަށް ދަންނަވައިފައެވެ. އަދި ކަމާ ބެހޭ ގާނޫނީ އޮނިގަނޑުތަކާ އެއްގޮތަށް ރަޖިސްޓްރީކުރެވި ލައިސަންސް ނުވަތަ އެކަށީގެންވާ ހުއްދަ އޮންނަ އިތުބާރުކުރެވޭ ފަރާތްތަކުގައި ނޫނީ ފައިސާ އިންވެސްޓު ނުކުރުމަށް ވެސް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.
އަވަހައް ހައިލަމައް ލާރިކޮޅެއްދީ އޭރުން އޯކޭ ވާނެ
މީނާ މިއީ ފުރޯޑް ކޯލްގެ އައްޕަ