Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ނާޖިލާގެ ހަށިގަނޑު ފަތިސް ނަމާދަށް ފަހު ވަޅުލަނީ

ނާޖިލާގެ ހަށިގަނޑު ފަތިސް ނަމާދަށް ފަހު ވަޅުލަނީ

ކ. ގާފަރު ގެސްޓްހައުސެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު އއ. ބޮޑުފުޅަދޫ ފަރުދާބަގީޗާގެ އައިމިނަތު ނާޖިލާ ލުތުފީގެ ޖަނާޒާ މިރޭގެ ފަތިސްނަމާދަށް ފަހު ބޭއްވުމަށް ނިންމައިފިއެވެ.

ނާޖިލާގެ ހަށިގަނޑު ފެނިފައި ވަނީ ގާފަރު ގެސްޓްހައުސެއްގެ ފާޚާނާ ތެރެއިންނެވެ. އޭނާގެ ހަށިގަނޑު މާލެ ގެނެސްފައި ވަނީ އިއްޔެ އިރު އޮއްސުނު ވަގުތެވެ.

ނާޖިލާ ގާފަރަށް ގޮސްފައި ވަނީ އެކަނި ކަމަށާއި , ދަންވަރު އެކަނި ބޭރަށް ދިޔަ ކަމަށް އެ ރަށުގެ ބައެއް މީހުން ވަނީ މައުލޫމާތު ދީފައެވެ.

Advertisement
Allied — Dhen Online (box)

ގާފަރުގެ ކައުންސިލަރަކު ވިދާޅުވީ ނާޖިލާގެ ހަށިގަނޑު މާލެ ގެންދިޔަ ނަމަވެސް މަރުގެ މައްސަލަ ތަހުގީގު ކުރުމަށް މާލެއިން ދިޔަ ފުލުހުންގެ ޓީމެއް ގެސްޓްހައުސްގައި ހަރަކާތްތެރިވި ކަމަށެވެ.

ނާޖިލާގެ މަރާ ގުޅޭ ގޮތުން ފުލުހުން ވިދާޅުވީ، އެ މައްސަލަ އިތުރަަށް ބަލަމުންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް