ހޮސްޕިޓަލުގެ ހާލަތު ގޯސްވީ އެކީގައި އުޅޭ ރައްޓެހިންތަކަކަށް ވަޒީފާ ދިނުމުން: ސިރާޖު
ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގެ ފެންވަރު ދަށްވެ، ހާލަތު ގޯސްވީ އެކުގައި އުޅޭ ރައްޓެހިންތަކަކަށް ވަޒީފާ ދިނުމުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.
ސިރާޖު މި ފަދައިން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގެ ހިންގުން ހަރުދަނާ ކުރުމަށާއި އެ ހޮސްޕިޓަލުންދޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އެދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހުށަހެޅުއްވި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.
ސިރާޖު ވިދާޅުވީ ހޮސްޕިޓަލުގެ ހާލަތު ގޯސްވީ އެއްވެސް ހިންގުންތެރިކަމެއް ނެތް ފަރާތްތަކުން ނަގައިގެން ބޯޑެއް އެކުލަވައިލި ހިސާބުން ކަމަށެވެ. އަދި ބޯޑު އެކުލަވައިލި ފަހުން ބޯޑުގެ މަސައްކަތް ނުހިނގާ ކަމަށާއި އެތަނުގައި ހިންގުނު ކަމަކީ އެކީގައި އުޅުނު ގާތް ބަޔަކަށް ވަޒީފާތައް ބަހާލުން ކަމަށް ސިރާޖު ވިދާޅުވިއެވެ.
“ބޯޑަށް ހޮސްޕިޓަލު ނުހިންގޭ ފަދަ ގާބިލު ނޫން ފަރާތްތަކެއް ލައިގެން ހޮސްޕިޓަލު ހަލާކުކޮށްލުން. ހޮސްޕިޓަލު މިހާ ބޮޑަށް ހަލާކުވެގެން ދިޔައީ މިދެންނެވި ގޮތަށް އެއްވެސް ގޮތަކަށް ހިންގުންތެރިކަން ނެތް ފަރާތްތަކުން ނަގައިގެން ބޯޑެއް އެކުލަވައިލި ހިސާބުން. މިހާރު ބޯޑު އެކުލަވައިލި ފަހުން ބޯޑެއް ނުހިނގާ، އެތާނގައި ހިންގުނު ކަމަކީ އެކީގައި އުޅުނު ގާތް ބަޔަކަށް ވަޒީފާތައް ބަހާލުން“ ސިރާޖު ވިދާޅުވިއެވެ.
މީގެ އިތުރުން ސިރާޖު ވިދާޅުވީ ހޮސްޕިޓަލުގައި ހުރި މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް އެތައް ފަހަރަކު ގެނެސްފައިވާ ކަމަށާއި އެހެން ނަމަވެސް އެދެވޭ ހައްލެއް އެކަމަށް ލިބިފައި ނުވާ ކަމަށެވެ.
ހޮސްޕިޓަލް ހަލާކުވީ ކުރީސަރުކާރުން ސިޔާސީ މަޤާމަކަށް ވެއްދި ކުޑަކަތީބު ޒަމާނުގެ ކުޑަކަތީބުން ނުވަތަ ޞިއްޙީދާއިރާއިން އެއްވެސް ޢިލްމެއް ތަޖްރިބާއެއްނެއް މީހަކުއެތަނުގެ ވެރިޔަކަށްބެހެއްޓުުން، މުހާރު އެހުރީ ސިޔާސީ މަޤާމުން ދާއިމީ މަޤާމަކަށް ބަދަލުވެ ދުނިޔެއުމުރަށް އެ ހޮސްޕިޓަލް ހަލާކުކުރަންކަމަށްހިތާ، ޖީބަށްބޮޑުމުސާރަލިބި ދެމަރިންގެ ދެގޯތި ގެސްޓުހައުސްހަދަން ތަރައްޤީކުރެވޭނެތާ ހޮސްޕިޓަލް ކުރިޔަށްނުދިޔަސްވެސް، މިހާރުވެސް ބޯޑެއްއޮތަސް މުވައްޒަފުންގެ އިސްމީހަކަށްހުރީ މިބުނެވުނު ކުރީގެ ކުޑަކަތީބު، އެ ސޮރުއެތަނުގެ އިސްމަޤާމެއްގަ ހުރިހާދުވަހަކު އެހޮސްޕިޓަލްކުރިއަކަށްނުދާނެ، އެފަދަ ބޭކާރުވެރިން ބޮޑެތި އޮފީސްތަކުގެ އިސްމަޤާމުތައްދޭން ހޮޔޮނުވާނެ، އެފަދަ މީހުންގެ (ހަމައެކަނި ފައިސާގެ ދަހިވެތިކަމުގަ މަސައްކަތްކުރާ ވެރުން) ސަބަބުން މި ޤަޢުުމު ފަނާވެމިދަނީ،
ދެން ގޮވާ ގުދޯގުދޯ