Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އަދިވެސް ބައެއް އިދާރާތަކުން ރޯދަ އެލަވަންސް ނުދޭ

އަދިވެސް ބައެއް އިދާރާތަކުން ރޯދަ އެލަވަންސް ނުދޭ

މި ހަފްތާގެ ހޯޯމަ ދުވަހު ރަމަޟާން މަހުގެ އިނާޔަތް ދިނުމަށް މިނިސްޓްރީ އޮފް ފިނޭންްސުން އަންގަވައިފައިވީ ނަމަވެސް، އެ އެންގުމާ އެއްގޮތަށް ސަރުކާރުގެ ބައެއް އިދާރާތަކުން އަދިވެސް ރޯދަ އިނާޔަތް ދީފައި ނުވާކަން ހާމަވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން ފިނޭންސުން ވިދާޅުވީ، ރޯދަ އެލަވަންސް ދިނުން ލަސްވީ، ފޮނުވަން ޖެހޭ މައުލޫމާތުތައް ބައެއް އިދާރާތަކުން ލަހުން ފޮނުވުމުން ކަމަށެވެ.

ރަމަޟާން މަހުގެ އެލަވަންސް ބައެއް މިނިވަން މުއައްސަސާތަކަށް ވެސްް އަދިވެސް ލިބިފައި ނުވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް ސަރުކާރުގެ ބައެއް އޮފީސްތަކަށް މިހާރު މުސާރައާ އެކު ރޯދަ އެލަވަންސް ލިބިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

Advertisement
Allied — Dhen Online (box)

ސަރުކާރުގެ ބައެެއް މުއައްސަސާތަކަށް އަދިވެސް ރޯދަ އެލަވަންސް ނުލިބުމާ ގުޅިގެން ފިނޭންސުން ވިދާޅުވީ، އިއްޔެއާއި މިއަދު ވެސް ބައެއް އިދާރާތަކަށް ރޯދަ އެލަވަންސް ޖަމާ ކުރާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ހަފްތާގައި ނެރުނު މާލިއްޔަތާ ބެހޭ ސާކިއުލާގައި ވިދާޅުވީ، ރޯދަ އިނާޔަތުގެ ގޮތުގައި ކަނޑައަޅައިފައިވާ 3000 ރުފިޔާ ކޮންމެ މުސްލިމު މުވައްޒަފަކަށް މި ހަފްތާގެ ހޯމު ދުވަހު ދޭން ވާނެ ކަމަށެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުގައި ރޯދަ މަހުގެ އިނާޔަތަކީ އެ އަހަރެއްގެ ރަމަޟާންމަހާ ގާތްކޮށްފައި، ނަމަވެސް ރަމަޟާން މަސް ފެށުމުގެ ކުރިން މުސްލިމު މުވައްޒަފުންނަށް ދޭން ޖެހޭ އިނާޔަތެކެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް