ސަލްމާން މިސްކިތާ ގުޅޭ ގޮތުން އެންމެ ގިނައިން އާންމުންނާ ހަމަޔަށް އައިސްފައި ހުންނާނޭ ވާހަކަޔަކީ މިސްކިތް ހުޅުވުން ލަސްވާ ވާހަކައާއި "ކުރީ ސަރުކާރު"ގެ ވާހަކައެވެ. އަންނަ ރޯދަމަހަށް ހުޅުވާނެ ކަމަށް އިއުލާންކުރި ފަހުން ކިތަންމެ ރޯދަމަހެއް އައިސް ވަކިވެ ހިނގައްޖެއެވެ. މިސްކިތެއް ނުހުޅުވައެވެ.
މިސްކިތް ހުޅުވުމަށް ސައުދީ ސަރުކާރުގެ ވަފުދެއް "އަންނަނީ"ކަމުގެ ގިނަ އެތައް ޚަބަރެއް އައިސްފިއެވެ. އެ ވަފުދަކަށް މި ރާއްޖޭގެ ފަސްގަނޑަކު ފައި ބީއްސައިލެވޭނެ ގޮތެއް ނުވިއެވެ.
މިސްކިތް ނުހުޅުވި ލަސްވުމާ ގުޅިގެން އިދިކޮޅު ސިޔާސީ ފަރާތްތަކާއި އާންމުންގެ ގިނަ ބަޔަކު ފާޅުކުރި ޚިޔާލަކީ މި ސަރުކާރުން ދީނީ ކަންކަމަށްދޭ ސަމާލުކަން ކުޑަކަމުގެ ވާހަކައެވެ. ހަމަ އެވާހަކަ ތަކުރާރުކޮށް މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރ ރައީސް ޞާލިޙަށް ލިޔުއްވި ސިޓީއެއްގައި ވިދާޅުވީ މިސްކިތަށް ބޭނުންވާ ފަންޑު ނުލިބޭ ވާހަކައެކެވެ.
ހުއްޓުމާއި ފިއްތުމާ ހުރިހައި ކަމެއްގެ ތެރެއިން ވެސް މިއަދު މި ވަނީ އެ މިސްކިތުގައި ނަމާދުކުރަން ފެށިފައެވެ. އޮތް ސަބަބަކާ ހުރެ މިސްކިތް ރަސްމީކޮށް ނުހުޅުވި ނަމަވެސް މިސްކިތުގެ ބޭނުންކުރަން ފެށުމަކީ ބަރަކާތްތެރި ރަމަޟާންމަހަށް ލިބުނު ބޮޑު ހަދިޔާއެކެވެ.
މި މިސްކިތަކީ 24.95 މިލިއަން ޑޮލަރުގެ އަގުހުރި ބޮޑު ރީތި މިސްކިތެކެވެ. މިސްކިތުގައި ހަ ފަންގިފިލާ ހުރެއެވެ. އަރައިފޭބުމަށް ލިފްޓް ހުރެއެވެ. މިސްކިތުގެ އެހެނިހެން ވަޞީލަތްތަކަށް ބަލާއިރު ބައިނަލްއަގުވާމީ ފެންވަރުގެ ކުތުބުޚާނާއަކާއި ކްލާސްރޫމްތައް ހިމެނެއެވެ. އަދި ސެމިނާ ރޫމްތަކާ ވެހިކަލް ޕާކިންއަށް 44،100 އަކަފޫޓްގެ ޖާގައެއް ތަނަވަސްކޮށްދީފައި ވެއެވެ.
10،000 މީހުންނަށް އެއްފަހަރާ އުނދަގުލެއް ނެތި ނަމާދުކޮށްލެވޭ މި މިސްކިތަކީ ރައީސް ޔާމީންގެ ވެރިކަމުގައި ހިންގެވި މުހިންމު މަޝްރޫޢެކެވެ. ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން މިނިވަންކަމުގެ އެންމެ މަތިވެރި ރަމްޒުކަމުގައިވާ އިސްލާމީ ސަޚްސިއްޔަތު ރަމްޒުކޮށްދޭ ބިނާއެއް ވެރިކަންކުރާ ފުރަމާލޭގައި ހެއްދެވުމަށް ނިންމަވައި އެ މަސައްކަތަށް ފަންޑު ހޯއްދަވައިި ވެރިކަން ނިމުމުގެ ކުރީން މަސައްކަތް އެއްކޮށް ނިންމައިލެއްވިއެވެ.
އޭގެ ފަހުން ވެރިކަން ބަދަލުވެ ރައީސް ޞާލިޙްގެ ވެރިކަމަށް ހަތަރު އަހަރު ހިނގަމުންދާ އިރު މިއަދު ވެސް ރައްޔިތުންނަށް ދިއްކޮށްލަން މި ލިބުނީ އިއްޔެ ވެސް ކޯޓްރޫމްގައި އިންނަވަން ޖެހިވަޑައިގެންނެވި ރައީސް ޔާމީންގެ ޚިދުމަތެކެވެ. ދެ އަހަރަށް ވުރެ ގިނަ ދުވަހު ގައިދުގައި ރައީސް ޔާމީން ބެއިންދެވި އިރު ވެސް ނިމި މާލޭގެ މޫނުމަތި ރީތިކޮށްލަދިން ފަޚުރުވެރި ކިންގް ސަލްމާން މިސްކިތެވެ.
ބަލަ މިހިރަ ސޭކް އިސްތިއުފާދީފައިގެއައްދުރުވޭ މިއީ އިޑިޔާގެ މޯދީގެ އިރުސާސުގެމަތިން އިސްލާމިކުމިނިސްޓްރީހިގަނީ؟ތޭވީސް ހިޔާފުލެޓުގެ ރައްޔަރުންނާއެކު ދެހާސް ތޭވީސް ހޮޔަބަދަލް ފުލެޓައް؟
ޜިޕޯރޓް ލިޔުނީ ކުރީ ސަރުކާރު މީހެެއްބާ
ބަލަގަ
ސަރުކާރު ތަކަކީ ބަދަލުވާ އެއްޗެއް ނުންބާ
ކުރީ ސަރުކާރުން ވަގަށް ނެގި 1ބ ރުފިޔާ އިން 1ރ ވެސް މިސަރުކާރަށް ނުހޯދުނު ޖެހޭނެތޯ
އިސްމާމްދީނަސާއަގައުމައްލޯބިވާއަހުއްނާއުތުއްނައްއަޅުގަންޑުމިގޮވާލަ.ނީހިތްވަރާޖޯސާއެކީގަތެދުވެގެއްދެވަނަދައުރަކައްރައިސްޔާމީނުވެރިކަމައްގެނެވުމައްޓަކާމަސަކައްކުރުމަކީއެއްމެއްގެވާޖިބެއްކަމުގާހަދަމާހިގާ.،އަހުއްނާއި.،އުހުތުއްނިކަންވިސްނާފިކުރުކޮއްބަލަ.،ރައިސްސޯލިހުގެފަސްއަހަރުނިމިގެއްދާއިރުމިދިވެހިރާތްބޭގެބިން.،ތަކާގިރިފަތައް.އޮއްނާނީއިންޑިޔާގެގެރިއަށްއަޅުކައްކުރާމޯދީއަށްދަސުގަ.ހަމަޔަގީން
މިޒަމަާނު މިސްކިތްތަކަކީ ހާދަ ރީތި ފަރުމާތަކަށް މީހުން އަޅާ އެއްޗެކޭ ތިޔަތަން ވައްތަރީ އިގުލޫ އަކާ
ރޔާމީން ފަހާދުވަނީ މިހެންވެގެނޭ މި މައްކާރުންގެ ސަރުކާރަށް ކިތަންމެ ވަރަކަށް ދުވުނަސް ރޔާމީން އަތުލައެއް ނުގަނެވޭނެ، ފެނިގެން އެދިއައީ އިސްލާމްދީނާ ގައުމު ދެކެ ލޯބިފުޅުވާ ރައިސެއްގެ އަގުހުރު ޚިދުމަތް ތަކެއް، ރޔާމީނަކީ ވެރިއެކޭ ބުނީމަ ވެރިއަކަށް ހެދިގެން ހުނެވީ ރައީސެއްނޫން، ރޔާމީން އެތަކެއްޒަމާނެއް ވެއްޖެ ގައުމު ބިނާކޮށްދެއްވުމުގާ ޚިދުމަތް ކުރައްވާތާ، ރޔާމީނަކީ ދީނީ ގައުމީ ބަތޮލެއް މި ސަރުކާރުން ރޔާމީނަށް ހަސަދަ ލާ އަނިޔާވެރިވެ ރޔާމީންގެ އަބުރުފުޅު ކަތިލަނީ ވެސް ހަމަ ރޔާމީން ގެ ގާބިލްކަމާ ކުޅަދާނަކަން ޔަގީން ވާތީ، ނަމަވެސް ރޔާމީންގެ ފަތިގަނޑު ދަށުގާވެސް މިސަރުކާރު ނުވާނެ، މިސަރުކާރު މިހާރުވެސް ގައމު ހިންގަނީ ރައިއްޔަތުންނަށް ކާންބޯން ދެނީ ރޔާމީން ވިއްކައިގެން މިސަރުކާރު ޖެހޭނީ ރޔާމިންގެ ފިޔަވަޅުފުޅު މަތީގާ ފިޔަވަޅު އަޅައަޅާ ތިބެން، ރޔާމީން ވައްޓައެއް ނުލެވޭނެ، އިންޝާﷲ.