ދުނިޔެ

މެލޭޝިއާއާއި އިންޑޮނޭޝިއާގެ އިތުރުން އެހެން ބައެއް ގައުމުތަކަށް ވެސް ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އާދީއްތަ ދުވަސް

ރައުފާ ރަޝީދު ، ދެން އޮންލައިން

އިންޑޮނޭޝިއާގެ އިތުރުން މެލޭޝިއާއާއި އަދި އެހެން ބައެއް ގައުމުތަކުން ވެސް މިއަހަރު ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ އޭޕްރީލް މަހުގެ 3ވާ އާދީއްތަ ދުވަސް ކަމަށް ކަނޑައަޅައިފިއެވެ.

Ads by WAMCO

ބައެއް ޤައުމުތަކުން މިހާރު ވަނީ މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް އިއުލާންކޮށްފައެވެ. އެ ގޮތުން ބުރޫނާއީއާއި، ސިންގަޕޯރއާއި، ޖަޕާނަށް ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 3ވަނަ ދުވަސް ކަމަށް ވަނީ އިއުލާންކޮށްފައެވެ.

ބްރޫނާއީގެ ސުލްތާނާއިން ވަނީ މިއަދު އެ ގައުމަށް ހަނދު ނުފެންނަކަން ކަށަވަރުކޮށްދީފައެވެ. އެހެންކަމުން، އޭޕްރީލް މަހުގެ 2ވާ ހޮނިހިރު ދުވަހަކީ ޝަޢުބާން މަހުގެ އެންމެ ފަހު ދުވަސް ކަމަށާއި، އެ ގައުމަށް މި ބަރަކާތްތެރި މައްސަރު ފެށޭނީ އަންނަ މަހުގެ 3ވާ އާދީއްތަ ދުވަހުން ފެށިގެން ކަމަށް އޮފިޝަލުން ބުނެއެވެ.

މީގެ އިތުރުން މެލޭޝިޔާއާއި އިންޑޮނޭޝިޔާއިން ވެސް ވަނީ، ބަރަކާތްތެރި މައްސަރުގެ ފުރަތަމަ ދުވަހަކީ އަންނަ މަހުގެ 3 ވަނަ ދުވަސް ކަމަށް އިޢުލާން ކޮށްފައެވެ.

އޮސްޓްރޭލިއާއަށް މާދަމާ އަކޯ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. އޮސްޓްރޭލިއާގެ އިމާމް ކައުންސިލުން ފޭސްބުކްގައި އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ އެ ގައުމުން ހަނދު ފެނިފައިވާ ކަމަށާއި، ބަރަކާތްތެރި ރަމަޟާން މަސް އެ ގައުމުގައި ފެށޭނީ އަންނަ މަހުގެ 2ވާ ހޮނިހިރު ދުވަހުން ފެށިގެން ކަމަށެވެ.

ރަމަޟާން މަހުގެ ތާރީޚު ކޮންމެ އަހަރަކު ވެސް ބަދަލުވެގެންދަނީ އިސްލާމީ ކަލަންޑަރު ބިނާވެފައި އޮންނަނީ ހަނދު ދައުރުގެ މައްޗަށް ކަމަށްވާތީއެވެ. ކަލަންޑަރުފެށޭ ތާރީޚާއި ނިމޭ ތާރީޚު ބިނާވެފައި އޮންނަނީ ހަނދު ފެނުމުގެ މައްޗަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!